ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 13:19
ތަމްރީނު ދިނުމުގެ އެއްބަސްވުމެއްގައި ކޯސްޓްލައިން ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) އާއި ޑީޓެކާ އެކު ސޮއިކޮށްފި
ތަމްރީނު ދިނުމުގެ އެއްބަސްވުމެއްގައި ކޯސްޓްލައިން ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) އާއި ޑީޓެކާ އެކު ސޮއިކޮށްފި
ޓްވިޓަރ
ކިހާދޫ ޓިވެކް
ޓީވެކް އާއި ޑީޓެކްއާ ދެމެދު ތަމްރީނު ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދެ ސެންޓަރުން ގުޅިގެން ޓްރެއިނިންގ ޕްރޮގްރާމުތައް ހިންގުމަށް ވަނީ ނިންމާފައި
ޓިވެކް ތަރައްގީ ކޮށްފައި ވަނީ ކިހާދޫގައި
50 ކުދިން އަންނަނީ ތައުލީމު ހާސިލު ކުރަމުން

ތަމްރީނު ދިނުމުގެ އެއްބަސްވުމެއްގައި ކޯސްޓްލައިން ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް( އާއި ޑީޓެކާ އެކު ސޮއިކޮށްފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޓިވެކްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު ނަޒީފުއެވެ. ޑީޓެކުގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރު މަސީހު އިމާދުއެވެ.

މި އެއްބަސްވުމާ އެކު ދެ ސެންޓަރުން ގުޅިގެން ޓްރެއިނިންގ ޕްރޮގްރާމުތައް ހިންގޭނެއެވެ.

މި ރަސްމިއްޔާތުގައި ޑީޓެކުން ވަނީ ޓިވެކަށް ޖެޓްސްކީއެއް ހަދިޔާކޮށްފައެވެ.

ބ. ކިހާދޫގައި ތަރައްގީ ކުރެވިފައިވާ މި ވޮކޭޝަނަލް ސެންޓުގައި 12 އަތޮޅެއްގެ 31 ރަށަކުން 50 ކުއްޖެއް އަންނަނީ އެކި ދާއިރާތަކުން ވޮކޭޝަން ތައުލީމު ހާސިލުކުރަމުންނެވެ. އެ ސެންޓަރުގައި ކިޔަވާ ކުދިންނަށް އެކޮމޮޑޭޝަން ބްލޮކެއް ގާއިމް ކުރެވިފައިވާ އިރު އެކުދިންގެ ކެއުމާ އެނޫން ހުރިހާ ކަމެއްވެސް ހަމަޖައްސައިދެނީ އެސެންޓަރުންނެވެ.

ދެ ލައްކައަށް އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިމެއްގައި މި ސެންޓަރު ގާއިމް ކުރެވިފައިވާ އިރު ކޯސްޓްލައިންގެ އަމާޒަކީ އެ ސެންޓަރުން 200 ކުދިންނަށް ކިޔެވުމުގެ އިންތިޒާމު ހަމަޖެއްސައިދިނުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް