ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 12:39
އިސްލާމިކް ޔުނިވާސިޓީގެ އިސްވެރިން
އިސްލާމިކް ޔުނިވާސިޓީގެ އިސްވެރިން
ޓްވިޓަރ
ވައްކަން ކުރުން
އިސްލާމިކް ޔުނިވާސިޓީގެ ޓެސްޓް ޕޭޕާރު ހުރި ލެޕްޓޮޕްތައް ވަގަށް ނަގައިފި
މައުލޫމާތު ލިބޭ ގޮތުގައި ވަގަށް ނަގާފައިވަނީ 4 ލެޕްޓޮޕް
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ލެކްޗަރާއިން ބޭނުންކުރާ ލެޕްޓޮޕްތަކެއް ވަގަށް ނަގައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އައިޔޫއެމްގެ ލެކްޗަރާއަކު ބުނީ ހޮނިހިރު ދުވަހުގެ ރޭ އެއް ލެޕްޓޮޕް ގެއްލިފައިވާ ކަމަށާއި، ރޭގައި އިތުރު ލެޕްޓޮޕްތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ. ވަގަށް ނެގި މި ލެޕްޓޮޕްތަކުގައި އެކި ކޯސްތަކުގެ ޓެސްޓް ޕޭޕާރުތައް ހުންނާނެ ކަމަށް ވެސް އެ ލެކްޗަރާ މައުލޫމާތު ދިނެއެވެ.

މީގެ އިތުރަށް އައިޔޫއެމްގެ އިސް ބޭފުޅެއްގެ ހާޑެއް ވެސް ވަނީ ވަގަށް ނަގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް ނަގާފައި ވަނީ ހަތަރު ލެޕްޓޮޕެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އައިޔޫއެމްގެ ލެޕްޓޮޕްތަކެއް ވަގަށް ނެގި މައްސަލަ މިއަދު ހެނދުނު އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް އޮފިސަރު ވިދާޅުވިއެވެ. 

ނޮވެންބަރު 9 ގައި ފަހު އިމްތިހާން ފެށޭއިރު މި މައްސަލާއާ ގުޅޭ ގޮތުން އައިޔޫއެމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 އޮކްޓޯބަރ 2018 | ހޯމަ 16:41
university ekey?
university ekey?
29 އޮކްޓޯބަރ 2018 | ހޯމަ 08:15
ލެޕްޓޮޕް ވަގައްނުނަގާ ދަރިވަރު
ފަހު އިމްތިޙާން ފެށުނީ އޮކްޓޯބަރ 28 ގައި. ނޮވެމްބަރ 8 ގައެއް ނޫން
29 އޮކްޓޯބަރ 2018 | ހޯމަ 07:24
ހިހިހި
ނޮވެމްބަރ 9 ގަ ނޫން މާދަން ވެސް އަހަރެމެންނަށް އެގްޒާމް އެބައޮތް.. ދެން ދެރަކަމެއް.. އަނެއްކާ ޓެސްޓް ލަސްވެ ޕޭޕަރު ބަދަލުކުރަން ޖެހި.. ބޯ ހަލާކު
29 އޮކްޓޯބަރ 2018 | ހޯމަ 07:22
ކޫދޮން
މަޢުލޫމާތު ގެނެސްދޭލެއް ފުރިހަމަ ކަމަށް އައްސަރިބަހާއި ސާބަސް