ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 11:26
ޒަކާތްދެއްކުން
ޒަކާތްދެއްކުން
މުހައްމަދު ޝަރުހާން
މުދަލު ޒަކާތުގެ ނިޞާބު
މުދަލު ޒަކާތް ވާޖިބުވާ ނިސާބު އަނެއްކާ ވެސް ކުޑަވެއްޖެ
ޒަކާތުގެ ނިސާބަކީ 4301.85ރ
މިއަހަރު އިތުރު ދެ ފަހަރެއްގެ މަތިން ނިސާބަށް ބަދަލު އައިސްފައިވޭ

މުދަލު ޒަކާތް ވާޖިބުވާ ނިސާބު އަނެއްކާ ވެސް ކުޑަވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 4301.85ރ. ކަމަށެވެ.

މުދަލު ޒަކާތުގެ ނިސާބަށް މިދިޔަ ޖޫން މަހު ވެސް ބަދަލު އައިސްފާ ވެއެވެ. އެގޮތުން އޭރު މުދަލު ޒަކާތުގެ ނިސާބު ވަނީ 4861.15ރ. އަށް މަތިވެފައެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ނިސާބަކީ 5033.70ރ. އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ނިސާބު ހުރީ 4950.4ރ. ގައެވެ.

މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ

މުދަލު ޒަކާތް ބަލައިގަތުން 2016 ވަނަ އަހަރުގެ ޖޫން 01 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވަނީ ބަދަލުވެފައެވެ. އޭގެ ކުރިން މުދަލު ޒަކާތް ބަލައިގަތުން ކުރިއަށްދިޔައީ އިސްލާމިކް މިނިސްޓްރީގައެވެ.

މުދަލު ޒަކާތް ދެއްކުމަށް ވަކި ހާއްސަ ފޯމެއް މީރާ އިން ވަނީ ކަނޑައަޅާފައެވެ. މި ފޯމު މީރާގެ ވެބްސައިޓުންނާއި މީރާގެ ސަރވިސް ސެންޓަރުތަކުގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން މުދަލު ޒަކާތް ދެއްކޭނެއެވެ.

މިރާގެ ބްރާންޗެއް ނެތް ނަމަ ރަށްރަށުގެ ކައުންސިލް އިދާރާ އިން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. މުދަލު ޒަކާތާ ގުޅޭ ދީނީ މައުލޫމާތު އޮޅުން ފިލުމުވުމަށް ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ވަކި ފޯނު ނަންބަރެއް ކަނޑައަޅާފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 41.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 63.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް