ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 09:05
ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނު
ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނު
މުހައްމަދު ޝަރުހާން
މެޖިސްޓްރޭޓް ނިހާންގެ މައްސަލަ
ކުރީގެ މެޖިސްޓްރޭޓް ނިހާނަށް އަނިޔާކުރި މައްސަލައެއް އެޗްއާރްސީއެމްއަށް
ނިހާނު ހުރި ގޮޅިން ގަދަކަމުން ނެރެ ބިޑިއަޅުވާފައި އެތައް އިރަކު ބޭރުގައި ވަނީ ބަހައްޓާފައި
އަނިޔާ ކުރުމަށްފަހު، މިހާރު ނިހާނު އެހެން ގޮޅިއަކަށް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބޭ

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބުދުﷲ ޔާމީން ހައްޔަރުކޮށް ރަހީނު ކުރަން އުޅުނު ކަމަށް ބުނެ ޖަލު ހުކުމެއް އިއްވާފައިވާ އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނު އަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅައިފިއެވެ.

ނިހާނުގެ ގާނޫނީ ވަކީލު ޝާދިޔާ އާދަމް ވިދާޅުވީ ނިހާނު ހުރި ގޮޅިން ގަދަކަމުން ނެރެ ބިޑިއަޅުވާފައި އެތައް އިރަކު ބޭރުގައި ބެހެއްޓި ކަމަށާއި އަދި މިހާރު ނިހާނު އެހެން ގޮޅިއަކަސް ބަދަލުކޮސްފައިވާ ކަމަށެވެ. މިމައުލޫމާތު ލިބުމާ އެކު އާދިއްތަ ދުވަހު އެ މައްސަލަ ބަލައި ދިނުމަށް އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރަށް ޝާދިޔާ ވިދާޅުވީ އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހެޅުމުން އެ ކޮމިޝަނުން ވެސް އަމިއްލަ އަށް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް އަމުރެއް ނެރުނު މައްސަލައާ ގުޅިގެން ނިހާނުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެއީ ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ބައިވެރިވުމުގެ ދައުވާއެވެ.

ނިހާނު 17 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުއެވެ. އެ ހުކުމް ނިހާންގެ މައްޗަށް އިއްވާފައި ވަނީ އާ ޓެރަރިޒަމްގެ ގާނޫނުގެ ހަވަނަ މާއްދާގެ (ނ) އާ ހަވާލާދީ އެވެ. ނިހާނު 17 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް