ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 17:10
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް:- މިރޭ ވަނީ އަލުން ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބުކޮށްފައި
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް:- މިރޭ ވަނީ އަލުން ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބުކޮށްފައި
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހިމް
ގާސިމް ޖޭޕީގެ ލީޑަރު ކަމަށް އިންތިހާބު ކޮށްފި
ކޯލިޝަން ރޫޅުނަ ނުދޭން ގާސިމް އެދިވަޑައިގެންނެވި

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހިމް އަނެއްކާ ވެސް އިންތިހާބު ކޮށްފި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިންތިހާބު ކުރީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހުނީ އެ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހީމް އެކަނި ކުރިމަތި ލައްވާފައި ވާތީއެވެ. ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން 61 މެމްބަރުން ވޯޓު ދެއްވިއިރު އެ ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވީ ގާސިމް އެ މަގާމަށް އިންތިހާބު ކުރުމަށް ފެންނަ ކަމަށެވެ.  

ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވީ ގާސިމެވެ. ނަމަވެސް ގާސިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާ އެކު ޕާޓީގެ ލީޑަރުގެ މަގާމު މިދިޔަ އަހަރު ގެއްލުނެވެ. އަދި އޭގެ ފަހުން މިއަހަރު ބޭއްވި ކޮންގްރެސްގައި ވެސް ޕާޓީގެ ލީޑަރުގެ މަގާމަށް ވަނީ ބޭފުޅަކު އައްޔަން ނުކޮށެވެ. އަލުން ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް އިންތިހާބުކުރީ ގާސިމަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމާ ގުޅިގެންނެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ޕާޓީގެ ލީޑަރުގެ މަގާމު ނުފުރޭނެ ކަމަށް ބުނެފައި އޮންނައިރު ގާސިމަށް ކުރި ހުކުމް ބާތިލްކޮށްފައި ވާތީ މިހާރު ގާސިމަށް އެ މަގާމަށް ވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތެވެ.

ކައުންސިލްގެ ބައްދަލުވުމުގައި ގާސިމް އެ މަގާމަށް އިންތިހާބު ކުރުމުން ލީޑަރުގެ މަގާމުގެ އެންމެހައި ބާރުތައް ވަގުތުން ގާސިމަށް ވަނީ ހަވާލު ކޮށްފައެވެ. ވަގުތީ ގޮތުން އެ މަގާމުގެ މައްސޫލިއްޔަތު އުފުލަމުން އައިސްފައި ވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދެވެ. 

 ގާސިމް ވަނީ މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީ ހިމެނޭ ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައި ވާތީ ރިޔާސީ ފަސް އަހަރުގެ ދައުރު ނިމެންދެެން ކޯލިޝަނުގެ ތެރޭގައި ތިބުމަށް ޕާޓީން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. ގާސިމް ވިދާޅުވެފައި ވަނީ ހިތް ނުތަނަވަސްވާ ކަންކަން ދިމާވި ނަމަވެސް ކޯލިޝަން ރޫޅޭ ފަދަ ކަންކަން ނު ކުުރުމަށާއި، އެފަދަ ކަންކަމާ އަޅާ ނުލުމަށް ޕާޓީގެ ހުރިހާ މެމްބަރުންގެ ކިބައިން އެެދިވަޑައިގެންފަ އެވެ. އަދި މީގެ ކުރިން ޖޭޕީ ހިމެނޭ ސަރުކާރުތަކުގައި ހެދުނު މިސްޓެކް މި ކޯލިޝަން ރޫޅުނަ ނުދިނުމަށް އެ މިސްޓޭކް ނުހެދުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
28 އޮކްޓޯބަރ 2018 | އާދީއްތަ 19:02
ވިލާގެވެރިކަންވެސް
ރައްޔިތުންމަޖިލިސްގެ ވެރިކަންވެސް، މީނައަށް، ޕާޓީގެ ވެރިކަންވެސް މީނަޔަށް، ޤައުމުގެވެރިކަންވެސް މީނަޔަށް،، ވިލާގެވެރިކަންވެސް މީނަޔަށް،