ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 01:58
ކަސްޓަމްސްއިން ހޯދަމުންދާ ސިނގިރޭޓްތައް
ކަސްޓަމްސްއިން ހޯދަމުންދާ ސިނގިރޭޓްތައް
ކަސްޓަމްސް
ކަސްޓަމްސް ސާވިސް
ވަގަށް އެތެރެ ކޮށްފައިވާ ސިނގިރޭޓް ތަކެއް ހޯދަން ފަށައިފި
ހޯދަމުން ދަނީ ރައިޑާ ބްރޭންޑްގެ ސިގިރޭޓު
އެ ސިގިރޭޓު ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ

ވަގަށް އެތެރެކޮށްފައިވާ "ރައިޑާ" ބްރޭންޑް ސިގިރެޓުތަކެއް ހޯދައި އަތުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާދީއްތަ ދުވަހު ބުނެފި އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވަނީ ރައިޑާ ބްރޭންޑްގެ ސިގިރޭޓު ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ބަލަމުން އަންނާތީ އެ ބްރޭންޑުގެ ސިގިރޭޓުގެ ވިޔަފާރި އެއްވެސް ފަރާތަކުން ކުރަމުން އަންނަ ނަމަ އެކަން އެންގުމަށް އެދޭކަމަށެވެ.

ކަސްޓަމްސްއިން ބުނީ އެ އެންގުމާ ހިލާފަށް މި ބްރޭންޑްގެ ސިގިރޭޓުގެ ވިޔަފާރީގެ މުއާމަލާތް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކަސްޓަމްސް އިން އާންމުކުރި ރައިޑާ ބްރޭންޑުގެ ސިގިރޭޓު ފޮށިތަކުގެ ފޮޓޯއިން އެނގޭ ގޮތުގައި އެ ތަކެތި އެތެރެކުރީ "އެކިއުޓް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކުންނެވެ. އެ ފޮށިތަކުގެ ބޭރުގައި، ދުންފަތުން ލިބޭ ގެއްލުމުގެ އިންޒާރު ވެސް ދިވެހި ބަހުން ލިޔެފައި ހުއްޓެވެ.

ރާއްޖެއަށް ސިގިރޭޓު އެތެރެ ކުރެވެނީ އެކަމަށް ވަކި ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އަދި ސިގިރޭޓު އެތެރެކުރުމަށް ކޯޓާ ވެސް ހޯދަން ޖެހެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 އޮކްޓޯބަރ 2018 | ހޯމަ 03:23
އެޑަމް
ވަގަށް އެތެރެކުރިކަން ކަސްޓަމަށް އެނގުނީ ކިހިނެތް....
29 އޮކްޓޯބަރ 2018 | ހޯމަ 02:47
އަލީ
ލީޑިން ޓީޗަރުންބުނަނީ ކީވެގެން ހޯ ބަޑިޔާ ބޮމާ ވަގައް ރާއްޖެއައް އެތެރެނުކުރެވެނީ އެކަމަކު ޑުރަގާ ސިގިރޭޓު ވަގައް އެތެރެކުރެވޭ ޓަނުން