ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 18:20
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ގޫގުލް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ޖަލްސާ: ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލް ކޮށްދިނުމަށް އިލްތިމާސް ކުރާ ގަރާރަށް ބަހުސް ފަށައިފި
ޕީޕީއެމް ގިނަ މެމްބަރުން ވެސް މިގަރާރަށް ތާއީދު ކުރޭ
ޕީޖީ އޮފީހުން މިއަދު ވަނީ ރައީސް ނަޝީދުގެ މައްސަލަ މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައި
ގަރާރަށް ބަހުސް ކުރުމަށް ފާސްކޮށްފައިވަނީ 53 މެމްބަރުންގެ އަޣްލަބިއްޔަތުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ބާތިލް ކޮށްދިނުމަށް، އަދުލްއިންސާފުގެ ދާއިރާގެ ތެރެއިން ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށާއި ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ފާސްކޮށް، ބަހުސް ފަށައިފި އެވެ.

އާދިއްތަ ދުވަހު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަރާރަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ 53 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް 6 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ 6 މެމްބަރުން ތިއްބެވި އެވެ.

އެ ގަރާރަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ތާއީދުކޮށް ވާހަކަ ދައްކަވަމުންދާއިރު، ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން ވެސް އެ ގަރާރަށް ބަހުސް ކުރައްވައި، ތާއީދު ކުރައްވާފައިވެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އަދުލްއިންސާފުގެ ދާއިރާއަށް އިލްތިމާސްކޮށް ހުށަހަޅާފައިވާ މި ގަރާރަށް ބަހުސް ކުރަމުންދާއިރު، ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުން ވަނީ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް މުރާޖައާ ކުރުމަށް ހުށަހަޅާފަ އެވެ. 

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލަ މުރާޖާ ކުރުމަށް ހުށަހަޅާފައި ވަނީ ރައީސް ނަޝީދަށް އިއްވި ހުކުމަކީ އާންމު މައްސަލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ފެންނާތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް