ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 09:36
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލީސް
މަޖިލީހަށް އަލުން ވަދެވުނީ ރައްޔިތުންގެ މަސައްކަތުން: ސައުދު
ސައުދު ޖަލްސާއަށް ވަޑައިގަތީ 15 މަސް ދުވަހަށް ފަހު
އެންމެ އިސްކަމެއް ދެއްވާނީ އަދުލު އިންސާފު ގާއިމް ކުރުން

ރައްޔިތުންގެ މަޖިލީހަށް އަލުން ވަދެވުނީ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށާއި އަދުލު އިންސާފު ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް އަބްދުﷲ ޔާމީނަށް ގެއްލިގެން ދިއުމާއެކު، ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ސައުދު ހުސައިންގެ ގޮނޑި ނުގެއްލޭ ކަމަށް 15 މަސް ދުވަސް ފަހު ސުޕްރީމް ކޯޓުން ކަނޑައެޅުމާއެކު މިއަދުގެ ޖަލްސާއަށް އޭނާ ވަޑައިގެންނެވި އެވެ. 

ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން މިއަދުގެ ޖަލްސާ އަށް ހަތަރު މެމްބަރަކަށް ވަދެވަޑައިގެންނެވޭނެ އެވެ. އެއީ ސައުދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް އެވެ. މި ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަލައިފަ އެވެ. 

މިއަދުގެ ޖަލްސާ އަށް ވަދެވަޑައިގެންނެވުމުގެ ކުރިން މަޖިލީސް ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސައުދު ވިދާޅުވީ، ވިލިނގިލި އަދި ކޮލަމާފުށީގެ ރައްޔިތުންގެ އަޑު އިއްވޭނެ ގޮތް ވެގެންދިޔައީ ރައްޔިތުންގެ ބުރަ މަސައްކަތާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކުންނެވެ.

"މިއަދުގެ ޖަލްސާގައި ރާއްޖެއިން ނެތެމުންދާ އަދުލު އިންސާފު އަނބުރާ ގެނައުމަށް ކުރެވޭ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުން ފެނިގެންދާނެ." ސައުދު ވިދާޅުވިއެވެ.

މަޖިލީހުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާނީ އަދުލު އިންސާފު ގާއިމް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް