ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 08:38
ރާއްޖޭގެ މައްޗަށް ވިލާ އަރާފައިވަނިކޮށް ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް
ރާއްޖޭގެ މައްޗަށް ވިލާ އަރާފައިވަނިކޮށް ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
މޫސުން
ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި
ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 8:30 އިން ފެށިގެން މެންދުރުފަހު 14:30 އާ ހަމައަށް

ފ. އަތޮޅުން ފެށިގެން ސ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 8:30 އިން ފެށިގެން މެންދުރުފަހު 14:30 އާ ހަމައަށެވެ. 

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ގުގުރުން އެކަށީގެންވާ ކަމަށާއި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާ ކުރެވޭކަމަށެވެ. 

އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 10 މޭލު ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. 

އަދި އުތުރުއަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް