ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 20:49
މެމްބަރު މަހްލޫފު
މެމްބަރު މަހްލޫފު
ރާއްޖެ އެމްވީ
އަހްމަދު މަހްލޫފް
މަހްލޫފު ގުޅިވަޑައިގަންނަވަނީ އެމްޑީޕީއާ!
މަހްލޫފު ޕީޕީއެމް އިން ވަކިކުރީ 2015 ވަނަ އަހަރު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު އަހުލޫފް ގުޅިވަޑައިގަންނަވާ ޕާޓީއަކާމެދު ވާހަކަ ދެކެމުންދާއިރު،  އޭނާ އެމްޑީޕީއަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕިއާ މަހޭ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތައް ދެކެވޭއިރު، އެމްޑީޕީ އެމްޑީޕީގެ ލަވައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ "ކޮން ކުލައެއް، ކުލަ ލެޔޯ"އޭ ވިދާޅުވެ އޭނާ ވަނީ ޓްވީޓް ކުރައްވައިފަ އެވެ.

އެ ޓްވީޓަށް މިހާތަނަށް ގާތްގަނޑަކަށް 1400 ލައިކް ލިބި، 500 އަށް ވުރެ ގިނަ މީހުން ރިޓްވީޓްކޮށްފައިވެ އެވެ. އަދި 200 އަށް އަށްވުރެ ގިނަ ކޮމެންޓް ކޮށްފައިވެ އެވެ.

ކޮމެންޓްކޮށްފައިވާ ބައެއް މީހުން ބުނެފައިވާ ގޮތުގައި މަހްލޫފު ގުޅިވަޑައިގަންނަވަނި އެމްޑީޕީއާ އެވެ. އަދި ގިނަ ބަޔަކު މަހްލޫފުގެ ނިންމެވުމަށް މަރުޚަބާ ކިޔައިފައިވެ އެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި މަހްލޫފު  ހުންނަވާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާ ބޮޑަށް މަސައްކަތް ކުރައްވާފައިވަނީ އެމްޑީޕީގެ ވިސްނުމާ އެއްގޮތަށެވެ.

ކުރިން ޕީޕީއެމްގެ ތަރުޖަމާނަކަށް ވެސް ހުންނެވި މަހްލޫފު އެ ޕާޓީން 2015 ވަނަ އަހަރު ކުރީކޮޅު ވަކި ކުރީ ރައީސް އަބްދުﷲ ޔާމީންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ކުރެވުނު ތުހުމަތުތަކަކާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރި މައްސަލައިގައި ހަގީގަތާ ހިލާފަށް ވާހަކަ ދައްކަވަމުން ދިޔަ ކަމަށް ކުރެވުނު ތުހްމަތުތަކާ ގުޅިގެންނެވެ.

މަހްލޫފު ޕީޕީއެމްއިން ވަކިކުރުމަށް ފަހު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ "މިނިކާ ވަގެއް" ގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.

ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ފަހު، އިސްލާހީ ހަރަކާތްތަކުގެ އިސް ސަފުގައި މަހްލޫފު ހަރަކާތްތެރިވަމުންދާއިރު، އެތައް ފަހަރަކު ބަންދުކޮށް، ފުލުހުންގެ ޚިދުމަތަށް ހުރަސް އެޅިކަމަށް ބުނެ ކުރި ދެ ދައުވާއެއް ސާބިތުކޮށް 10 މަހާއި 24 ދުވަހަށް ޖަލަށްލި އެވެ. އެ ދެ ހުކުމް ތަންފީޒުކޮށްފައިވާއިރު، ޖަލުގައި މީހުން މަރުވާ މައްސަލައިގައި އޭނާ ކުރި ޓްވީޓަކާ ގުޅިގެން ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. އަދި އެމްޑީޕީގެ މުޒާހަރާއެއްގައި ޕެޕަރ ސްޕްރޭއިން ސަލާމަތްވުމާށް މާސްކް އަޅުއްވައިގެން ހުންނެވުމާއި މާސްކް ބެހި ކަމަށް ބުނެ ކޮށްފައިވާ ދައުވާގެ ޝަރީއަތް ވެސް ވަނި ފަށައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
28 އޮކްޓޯބަރ 2018 | އާދީއްތަ 18:39
ާޢަހުމަދުބޭ
މަރުހަބާ މަހުްލޫފް، އަޅުގަނޑުގެ އެދުމަކީ އަލްހާނާ ޢާޢި އަލީ ވަހީދު ހިގިމަގު ން ނުހިގައި ސާބިތުކަން މަތީ ހުރުމެވެ. އޭރުން ކާމިޔާބު ލިބޭނެއެވެ.