ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 17:34
މަޖިލީހުގެ ނާއިބު ރައީސް މޫސާމަނިކު
މަޖިލީހުގެ ނާއިބު ރައީސް މޫސާމަނިކު
ގޫގުލް
ރައްޔިތުންގެ މަޖިލިސް
މާދަމާގެ ޖަލްސާ އަށް މުޅި މަޖިލިސް ދޮވެ ސާފުކޮށްފި
ފާރުތަކާއި މަޖިލީހުގެ އިދާރާގެ ގޯތި ތެރެ އަށް ފެންޖަހައި ދަނީ ސާފު ކުރަމުން
ބާވެ، ހަލާކުވެފައިވާ ބައެއް ކާޕެޓްތައް ވެސް ދަނީ ބަދަލު ކުރަމުން

ގިނަ ދުވަސްތަކަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ދޮވެ، ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމާއެކު މަޖިލީހުގެ ރައީސްގެ ޒިންމާތަކުން އެއްކިބާވެ، މަޖިލީސް ހިންގެވުން މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު އާ ހަވާލު ކުރެއްވުމާ އެކު، މަޖިލީހުގެ އިދާރާ ދޮވެ، ސާފު ކުރުމުގެ މަސައްކަތް އޭނާ މިވަނީ ފަށައިފަ އެވެ. 

އެގޮތުން މަޖިލީހުގެ އިދާރާގެ ގޯތި ތެރެއަށް ފެން ޖަހައި ދޮވެ، ސާފުކޮށްފައި ވާއިރު، ފާރުތައް ސާފު ކުރުމާއި، މަޖިލީހުގެ އިދާރާގެ ބައެއް ކާޕެޓްތައް ވެސް ބަދަލު ކުރަމުން ދާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. 

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ބުދަ ދުވަހު މޫސާ ވިދާޅުވީ، މަސީހު އޭނާ އާ މިހާތަނަށް ހަވާލު ކުރެއްވީ، މަޖިލީހުގެ ރިޔާސަތު ހުންނަ ސަރަހައްދުގައި "ކޮށިގަނޑު" ޖަހަން ކަމަށާއި އެކަން ކޮށްފައިވާ ކަމަށެވެ. އަދި މަސީހު، މަޖިލިސް ހިންގަމުންދިޔަ ގޮތާމެދު ވެސް މޫސަ ވަނީ ފާޑު ވިދާޅުވެފަ އެވެ.   

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
28 އޮކްޓޯބަރ 2018 | އާދީއްތަ 04:07
Shiyam
މި އޮށް ހާ ދުވަހު ނުގޮސް މިއަދު ދާނެ ކަމެއް ނެތް..
27 އޮކްޓޯބަރ 2018 | ހޮނިހިރު 18:17
ޒަބަރުޖުދު
ރީކޯ ުބުންޏަސް ތެދުވާނީ ތެދަށް . އެހެންޏާ ކޮންމެ އަހަރަކު ކުލާލާ ޒީނަތް ކުރަމުން އައިތަނެއް މިހާރު އެއްވެސް ކަމެއް ނުކުރާތާ ފަސްެަހަރުވީ. އެކަން އެނގޭނެ ފާރުތަކާއިގޯތިތެރޭން