ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 18:32
ހެންވާރު ބޮޑުތަކުރުފާނު މަގުން ރާޅުގަނޑު ސަރަހައްދު ކައިރީގައި އިމާރާތްކުރަމުން ދާ ރައީސް ޔާމީންގެ ގެކޮޅު: މިއި 14 ބުރީގެ އިމާރާތެއް
ހެންވާރު ބޮޑުތަކުރުފާނު މަގުން ރާޅުގަނޑު ސަރަހައްދު ކައިރީގައި އިމާރާތްކުރަމުން ދާ ރައީސް ޔާމީންގެ ގެކޮޅު: މިއި 14 ބުރީގެ އިމާރާތެއް
ރާއްޖެއެމްވީ
ރައީސް ޔާމީން
ރައީސް ޔާމީންގެ ގެކޮޅު ނިންމުމުގެ މަސައްކަތް މެކުހަށް!
ގްރައުންޑް ފްލޯ، ފުރަތަމަ ފަންގިފިލާ، އަދި ދެވަނަ ފަންގިފިލާގެ މަސައްކަތް ހަލުވި ސްޕީޑްގައި ނިންމުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވުމުން

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމެން ވަގުތު ކުޑަތަންވަމުން އަންނައިރު، އެ މަނިކުފާނުގެ ގެކޮޅު ހަދައި ނިންމުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމާ އެކު ބައްލަވައި ގެންފައިވާ ހ. ދޫވެހި ނިންމުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުން އަންނައިރު، ރިޔާސީ ދައުރު ހަމަވުމަށް ފަހު އެ މަނިކުފާނުގެ ދިރިއުޅުއްވުން ބަދަލުކުރައްވާނީ އެ ގެއަށް ކަމަށް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވި އެވެ. 

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގ. ދޫވެހި ލާޖައްސާފައި ވަނީ ހ. ނޫފަރު ގެއާއެވެ. އެއަށް ފަހު ދެ ގޭގެ ނަން ވަނީ ބަދަލުކޮށްފަ އެވެ. ކުރިން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގެއަކީ މިހާރު ގ. ނޫފަރެވެ. 

ބޮޑުތަކުރުފާނު މަގުން ހެންވޭރު އާރޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ހ. ދޫވެހި ގޭގައި މިހާރު ފަސް ޝީޓް އަޅާފައިވާއިރު، ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާ، އަދި ދެ ވަނަ ފަންގިފިލާ ހަލުވި ސްޕީޑްގައި ނިންމުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ. އެ ބައިތަކުގައި ސިމެންތި ޖަހައި، އެލްމެނިއަމް ދޮރުތައް ހަރުކުރަމުން ދާއިރު، އެޕާޓްމަންޓުގެ އެތެރެ ވެސް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

ވެރިކަމަށް ވަޑައިގެން ހިލާލީގެ ބަދަލުގައި އަމިއްލަ ގެކޮޅު ދޫވެހީ ގައި ދިރިއުޅުއްވަން ނިންމަވައި ބޮޑު ޚަރަދެއް ކުރައްވައިގެން އެ ގެ މަރާމާރުތު ކުރެއްވުމަށް ފަހު އެމަނިކުފަނު ވަނީ ހިލާލީ ގެއަށް ބަދަލުވެ ވަޑައިގެންފައެވެ. ގ. ދޫވެހި ގެއާއި ހ. ނޫފަރު ލާޖެއްސީ އެ މަނިކުފާނު ހިލާލީގެ އަށް ބަދަލުވެ ވަޑައިގަތުމަށް ފަހު އެވެ. އެ މުއާމަލާތަށް ފަހު ރައީސް ޔާމީން ކުރިން އުޅުއްވި ގެކޮޅުގައި މިހާރު ހިންގަމުން ދަނީ، އެ މަނިކުފާނު ޕްރޮމޯޓްކުރާ ޗެނަލް 13 އެވެ.

ނޮވެމްބަރު 11 ވަނަ ދުވަހު އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ރައީސް ޔާމީން ގައުމު ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމުގެ މައުލޫމާތުތަކެއް ލިބިގެން އެ މަނިކުފާނު ގައުމުން ބޭރަށް ފުރާވަޑައިގަތަ ނުދީ ހިފެހެއްޓުމަށް އެދި ގުޅިފައިވާ ޕާޓީތަކުން ފުލުހުންގެ އިދާރާއަށް މައްސަލަ އެއް ވަނީ ހުށަހަޅާފައެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ވެއްދި މައްސަލަ އާއި އެމްއެމްޕީއާރްސީ. ގެ ވައްކަމުގެ މައްސަލަ ތަހްގީގު ކޮށްދިނުމަށް އެދި ގުޅިފައިވާ ޕާޓީތަކުން ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އިދާރާ އިން ދަނީ އެ މައްސަލަތައް ތަހުގީގު ވެސް ކުރަމުންނެވެ.

މީގެ އިތުރުން ރައީސް ޔާމީނާ ގުޅުން ހުރި މަނީ ލޯންޑްރިންގެ މައްސަލަ އެއް ތަހްގީގް ކޮށްދިނުމަށް އެދި އެމްއެމްއޭ އިން ވެސް ވަނީ ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައެވެ.

ރައީސް ޔާމީން ފިއްލަވަން އުޅުއްވާ އަޑުތަކެއް ފެތުރުނު ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުއާޒް އަލީ ވަނީ އެ ޚަބަރުތައް ދޮގުކުރައްވާފައެވެ. 

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބޮޑުތަނުން ބަލިވި ނަމަވެސް، ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ވެސް ނިމިފައި ވަނީ އެ މަނިކުފާނާ ދެކޮޅަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
27 އޮކްޓޯބަރ 2018 | ހޮނިހިރު 23:11
ޒަންޖަބީލު
ރަނގަޅު، ކުލި ދައްކާކަށް ނުޖެހޭނެ ދޯ އަމިއްލަ ގޭގެ އެޅިފައި ހުރި ޝީޓްތަކުގައި އެޕާރޓްމަންޓް ހެދީމަ. މިކަމުގައި ޔާމީންގެ ވިސްނުން އޯކޭ
27 އޮކްޓޯބަރ 2018 | ހޮނިހިރު 11:13
HASAN
Gadhafadha yaamin mihaaru filanee tha