ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 13:00
ޅައިމަގު ބަނދަރުމަތި
ޅައިމަގު ބަނދަރުމަތި
މުހައްމަދު ޝަރުހާން
ށ.ޅައިމަގު
ޅައިމަގުގައި ގިނަ ރުށްގަސް ކަނޑާ ކަމަށް ދެކޭވޭ ވާހަކަތައް ދޮގުކޮށްފި
ގަވައިދާ ހިލާފަށް ރުށްގަސް ކެނޑުމުގެ މަސައްކަތެއް ނުކުރަން
ކުނިކޮށްޓެއް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އެބޭނުންވާ ބިން ސާފުކުރުމަށް އެބިމުގައި ހުރި ރުށްގަސްތައް ކަނޑާނެ

ށ. ޅައިމަގުގައި ގާވާއިދާ ހިލާފަށް ގިނަ ރުށް ކަނޑާ ކަމަށް ދެކޭވޭ ވާހަކަތައް އެރަށުގެ ކައުންސިލުން ދޮގުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަބްދުލްޣަނީ އިބްރާހިމް ވިދާޅުވީ ގަވާއިދާ ހިލާފަށް ރުށް ކަނޑާ ވާހަކައަކީ ދޮގެއް ކަމަށާއި، އެއްވެސް މަސައްކަތެއް ގަވާއިދާ ހީލާފަށް ނުކުރާ ކަމަށެވެ.

އަބްދުލްޣަނީ ވިދާޅުވީ ސަރުކާރުން ހިންގާ ކުނި މޭނޭޖްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ދެކުނު ފަރާތުގައި ކުނިކޮއްޓެއް އެޅުމުގެ މަސައްކަތްކުރާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ކުނި ކޮށި އަޅާ ސަރަހައްދުގެ ބިން ސާފުކުރުމާއި، ކުނިކޮއްޓަށް ދިއުމަށް އޮންނަ މަގު ކެނޑުމުގެ މަސައްކަތް ކަމަށެވެ. ކުނިކޮށި އެޅުމުގެ މަސައްކަތް ކުރަމުންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުންކަން ފާހަގަކުރައްވައި އަބްދުލްޣާނީ ވިދާޅުވީ ކުނިކޮއްޓައް ބޭނުންވާ ބިން ސާފުކުރާއިރު، އެ ބިމުގައި ހުރި ރުށްގަސްތައް ކަނޑާނެ ކަމަށެވެ. އަދި ވިދާޅުވީ ކުނިކޮއްޓައް ދާ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ކަނޑާލަނީ ކޮންމެހެން ވެސް ކަނޑަން ޖެހޭ ރުށް ގަސް ކަމަށާއި، ގަސް ނުކަނޑައިވޭތޯ ބަލާ ކަމަށެވެ.

އަބްދުލްޣަނީ ވިދާޅުވީ ދިހަހާސް އަކަފޫޓުގެ ބިމެއްގައި ހަދާ ކުނިކޮށީގެ ބިން ސާފުކުރުމުގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައި ވަނީ ކައުންސިލާ ކަމަށާއި، މި މަސައްކަތަށް ރަށު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އަދި މިމަސައްކަތް ބާރު ސްޕީޑްގައި ވެސް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޅައިމަގުން ގަވާއިދާ ހިލާފަށް ގިނަ ރުށްތަކެއް ކަނޑާ ބޭރުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއް 

ޅައިމަގުގެ ކުނީގެ ހާލަތަށް އަލިއަޅުއްވާ ލައްވާ އަބްދުލްޣަނީ ވިދާޅުވީ ކުނީގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި، އެރަށުގައި ކުނި ރައްކާތެރިކަމާ އެކު ނައްތާލެވޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށެވެ.

އެގޮތުން އެރަށުގެ ހުރިހާ ރައްޔިތުން ވެސް ކުނި އަޅަމުންދަނީ ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ބޮޑު ވަޅުގަނޑަކަށް ކަމަށާއި، ވަޅުގަނޑު ފުރުމުން ކުނި އަންދަނީ ކަމަށް އަބްދުލްޣަނީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވިއްސާރަ މުސޫމުގައި ކުނި އަންދާ ނުލެވި ގިނަ އުނދަގޫތަކާއި ރައްޔިތުން ކުރިމަތިލާން ޖެހޭ ކަމަށާއި، މުޅި ރަށަށް ކުނީގެ ނުބައި ވަސް ފެތުރޭ ކަމަށެވެ.

އަބްދުލްޣަނީ ވިދާޅުވީ އެރަށުގެ އިރުއުތުރު ސަރަހައްދުގައި މީހުން ދިރިއުޅެމުންދާއިރު، ކުނިކޮށި ހަދަނީ ދެކުނު ފަރާތުގައި ކަމަށާއި، މިކުނިކޮށްޓާއެކު ކުނީގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ. އެހެންކަމުން ދާދި އަވަހަށް ކުނިކޮށީގެ މަސައްކަތް ނިމި، ކުންޏަށް ދިމާވެފައިވާ މިމައްސަލަ ހައްލުވާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނަ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 އޮކްޓޯބަރ 2018 | ހޮނިހިރު 11:30
މައޭ
މައޭ އައް މައުލޫމާތު ލިބިގަ އޮތް ގޮތުން ރުއް ވިއްކަނީ ކޮންމެވެސް ރިސޯޓެއް ހަދާ ބަޔަކަށް
27 އޮކްޓޯބަރ 2018 | ހޮނިހިރު 09:44
engey mihaa
ganee isthufaa zimmaa nunegey abadhu hunnani hulhumale baraabarah musaaranagaa