ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 20:49
އަލްޖަޒީރާގެ 101 އީސްޓަށް ނަޖީބު އިންޓަވިއުދެއްވަނީ
އަލްޖަޒީރާގެ 101 އީސްޓަށް ނަޖީބު އިންޓަވިއުދެއްވަނީ
އަލްޖަޒީރާ
1 އެމްޑީބީގެ ކޮރަޕްޝަން
1އެމްޑީބީގެ ތެރެއިން ކަންތައްތަކެއް ގޯސްކޮށް ދިޔަ:ނަޖީބު
ނަޖީބުގެ މައްޗަށް 38 ދައުވާއެއް އުފުލިފައިވޭ

މެލޭޝިއާގެ 1 އެމްޑީބީ ކުންފުނީގެ ތެރެއިން ކަންތައްތަކެއް ގޯސްކޮށް ދިޔަ ކަމަށް އެއްބަސްވެވަަޑައިގަންނަވާކަމަށާއި ނަމަވެސް ގޯހުން ހިނގައިދިޔަ އެއްވެސްކަމެއްގައި ބައިވެރިވެ ވަޑައިގެންފައިނުވާ ކަމަށް، 38 ދައުވާއެއް އުފުލިފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެއެވެ.

"އެ ބަހުރި 1އެމްބީޑީގައި ގޯސްކޮށް ހިނގާފައިހުރި ކަންތައްތަކެއް" ހޮނިހިރު ދުވަހު ގެނެސްދިން އަލް ޖަޒީރާގެ 101 އީސްޓްގައި ނަޖީބު އެއްބަސްވެ ވަޑައިގަތެވެ.

ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ފަންޑުގެ ކަންކަން ބައްލެވި ނަމަވެސް ފަންޑުގެ ފައިސާގެ ތެރެއިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޮފްޝޯ ބޭންކްތަކަށް ޓްރާންސްފަރ ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މަނިކުފާނު އެއްވެސް ކަމެއް ގޯހުން ކުރައްވާފައިނުވާނެކަމަށް ވިދާޅުވެފައެވެ.

ނަޖީބުވަނީ 1 އެމްޑީބީއާ ގުޅޭ ގުޅުންހުރި އެއްވެސް ދިމާއަކުން ލޯ ލާރިއެއް ވެސް ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު ރައްޔިތުންގެ ނަފްރަތު އުތުރިއަރައި މެއި މަހު ބޭއްވި އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވެ ނަޖީބުގެ ވެރިކަން ބަދަލުވެގެން ދިއުމަށްފަހު ހަތަރު ފަހަރެއްގެ މަތިން ނަޖީބުވަނީ ކޯޓަަށް ހާޒިރުކުރެވިފައެވެ.

މި އިންޓަވިއު ނަގަމުންދިއައިރު އިންޓަވިއު ދޫކުރައްވާ ވަޑައިގެންފާނެކަމަށް ދެފަހަރަކަށް ނަޖީބު ބިރު ދައްކާފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.

ނަޖީބުގެ އަމިއްލަފުޅު ބޭންކް އެކައުންޓުން ފެނުނު 681 މިލިއަން އެމެރިކާ ޑޮލަރަކީ ސައުދީ އަރަބިއާގެ ވަލީއަހުދު ދެއްވި ހަދިޔާކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ. މީގެ އިތުރުން ނަޖީބު ވަނީ އެކައުންޓަށް ފައިސާ ވަންނަ ދޮރުތައް އެމަނިކުފާނަށް ނުބެއްލެވޭނެ ކަމަށާއި އެ މަނިކުފާނަކީ ބޭންކުގެ ސިއްރުތަކުގެ ތެރެއަށް ވެންނެވޭ ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ.

2013 ވަަނަ އަހަރުގެ އިންތިޚާބުގެ ދުވަސްކޮޅެއް ކުރިން ޖަމާކުރި އެ ފައިސާ ދީފައިވަނީ ސިޔާސީ ފަރާތްތަކަށާއި އެ ފައިސާއިން ބާޒާރުކޮށް އަދި ކްރެޑިޓްކާޑުގެ ބިލްތަކަށް ކަނޑާފައިވާ ކަމަށް ތަހުގީގުން ދައްކަ އެވެ. 

1އެމްޑީބީގެ ޚިޔާނާތް ތަހުގީގު މަދުވެގެން ހަ ގައުމެއްގައި ކުރިޔަށްދާއިރު އޭގެ ތެރޭގައިި ސިންގަޕޫރާއި، ސްވިޒަލޭންޑާއި، އެމެރިކާ ހިމެނެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި މެލޭޝިއާގެ މަތީ ފަންތީގެ އޮފިޝަލުންނާއި އެ މީހުންނާއި ގުޅިފައިވާ ފަރާތްތަކުން 4.5 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުވަނީ ވަގަށް ނަގާފައެވެ.

- ކޮމެންޓް