ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 12:01
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު
ޕީޕަލް މެގަޒިން
ޕީޕީއެމްގެ މައްސަލަ
ޕީޕީއެމަށް ހަތް އަހަރު: އަބްދުއްރަހީމްގެ ހިސާބުން ބުނަނީ 8 އަހަރު ކަމަށް!
ޕީޕީއެމް ރަޖިސްޓްރީ ކުރީ 27 އޮކްޓޯބަރު 2011
އަބްދުއްރަހީމް ފިޔަވައި، އެންމެން ބުނަނީ ހަތް އަހަރު ކަމަށް
އަބްދުއްރަހީމްގެ ޖެއްސެވި ހިސާބު އޭނާ ވަނީ ޓްވީޓު ކުރައްވާފައި

ޕީޕީއެމްގެ ހަތް ވަނަ އަހަރީ ދުވަހު، އެ ޕާޓީއަށް އަށް އަހަރު ފުރިފައިވާ ކަމަށް ވިދާޅުވެ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ "މޮޅު ހިސާބެއް" ޖައްސަވައިފިއެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ރަޖިސްޓްރީ ކޮށްފައި ވަނީ 27 އޮކްޓޯބަރު 2011ގައެވެ. ހޮނިހިރު ދުވަހު ފާހަގަ ކުރަމުންދާ އެ ޕާޓީގެ ހަތް ވަނަ އަހަރީ ދުވަހާ ދިމާކޮށް، ޕީޕީއެމްގެ އާންމު މެމްބަރުންނާއި ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ދުވަހުގެ މުސާނަބަތުގައި ޓްވީޓު ކުރައްވަމުން ގެންދަވަނިކޮށް އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީން ފާހަގަ ކުރަމުންދަނީ އަށް ވަނަ އަހަރީ ދުވަސް ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރެއްވި އަބްދުއްރަހީމްގެ ޓްވީޓާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒު ކުރަމުންދާތީ، ރައްދުގައި އޭނާ ވަނީ އިތުރު ޓްވީޓެއް ކުރައްވާފައެވެ. އަބްދުއްރަހީމް ރައްދުގައި ކުރެއްވި ޓްވީޓުގައި އޭނާ ޖައްސަވާފައިވާ ހިސާބުން ދައްކަނީ ޕީޕީއެމް އަށް އަހަރު ފުރިފައިވާ ކަމަށެވެ. އަބްދުއްރަހީމްގެ އެ ޓްވީޓުގައި ބުނެފައިވާ ގޮތުން، އެ ޕާޓީއަށް އަށް އަހަރު ފުރިފައި ވަނީ ޕާޓީ ރަޖިސްޓްރީކުރި ދުވަހަކީ އެ ޕާޓީއަށް އެއް އަހަރު ފުރުނު ދުވަސްގެ ގޮތުގައި ބެލުމުންނެވެ.

އަބްދުއްރަހީމް ޖެއްސެވި އެ ހިސާބާ ގޯސް ކަމަށް ބުނެ، ޕީޕީއެމަށް ހަތް އަހަރު ފުރުނު ގޮތް ބައެއް މީހުން އޭނާ އަށް ދަނީ ކިޔައިދެމުންނެވެ. އަބްދުއްރަހީމަށް އެކަން ކިޔައިދެއްވަމުން ގާނޫނީ ވަކީލު މޫސާ ސިރާޖު ޓްވިޓާގައި ވިދާޅުވެފައި ވަނީ ޕީޕީއެމަށް އެއް އަހަރު ވާނީ ޕީޕީއެމް ރަޖިސްޓްރީ ކުރި ދުވަހު ނޫން ކަމަށާއި އެ ޕާޓީއަށް އެއް އަހަރު ވާނީ ރަޖިސްޓްރީ ކުރި ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އެ ތާރީހުގައި ކަމަށެވެ.

ޕީޕީއެމަށް އަށް އަހަރު ފުރިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، ރިޔާސީ އިންތިހާބުގެ ޕީޕީއެމަށް ލިބޭނެ ވޯޓާ ގުޅޭ ގޮތުން ކެމްޕެއިންގައި އޭނާ ވަނީ އާދަޔާ ހިލާފު ވާހަކަފުޅެއް ދައްކަވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ 50 ހަތަރު ފަހަރަށް ގުނަ ކުރުމުން، އަންނާނީ ދެ ލައްކަ ކަމަށެވެ. އެ ވާހަކަފުޅާ ގުޅިގެން އަބްދުއްރަހީމަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔުން އަމާޒު ކުރެއްވިއެވެ.

ޕީޕީއެމްގެ ހަތް އަހަރު ފުރިފައިވާ ކަމަށް ވިދާޅުވެ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ.

އެ ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ރައީސް މައުމޫނަށާއި ރައީސް އަބްދުﷲ ޔާމީނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

އަހަރީ ދުވަހުގެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަކީ ޕާޓީގެ ރައީސް ކަމަށެވެ. ނަމަވެސް ބައެއް މީހުން ބުނަމުންދަނީ އެ ޕާޓީގެ ރައީސަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ ޕާޓީން އެންމެ ފަހުން ބޭއްވި ކޮންގްރެސް ބަލައިނުގަންނާނެ ކަމަށާއި އެހެންކަމުން އެ ކޮންގްރެސްއިން ކަނޑައެޅި ލީޑާޝިޕް އެ ކޮމިޝަނުން ބަލައިނުގަންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 އޮކްޓޯބަރ 2018 | ހޮނިހިރު 08:47
ހަސަނުމް
8 ވަނަ އުފަން ދުވަސް.
27 އޮކްޓޯބަރ 2018 | ހޮނިހިރު 07:38
ހިސާބު އިލްމުވެރިޔަ
މީނާ ނާސަރީއަކަށް ފޮނުވައިގެން 10ކާ ހަމަޔަށް ގުނަން ދަސްވީމަ މަޖިލިހުގެ ރައީސަކަށް ރަގަޅުވަނެ ކަންނޭގެ.. އިހަށް މީނާ މަޑުކުރަން ފެނެ.