ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 16:31
ސ. ހިތަދޫ، ފެހިވިނަ، އިބްރާހީމް ޝަކީބު
ސ. ހިތަދޫ، ފެހިވިނަ، އިބްރާހީމް ޝަކީބު
އެމްއެންޑީއެފް
މީހަކު ގެއްލިގެން ހޯދުން
ލަނޑާ ނަގަން ފީނި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
ފެނިފައި ވަނީ މިރޭ 23:39 ހާއިރު

ފުޅިއަޅައިގެން ފީނަން އުޅުމުގެ ތެރޭގައި ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހާ ފެނިފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ސ. ހިތަދޫ، ފެހިވިނަ، އިބްރާހީމް ޝަކީބެވެ.

އޭނާގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އަށް ރިޕޯރޓް ލިބިފައި ވަނީ ހުކުރު ދުވަހުގެ ރޭ 23:14 އެހާކަންހާއިރު ކަމަށެވެ. 

ޝަކީބު ހޯދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ހާބަރ ޕެޓްރޯލަށް އޭނާ ފެނިފައި ވަނީ ހުކުރު ދުވަހުގެ 23:39 ހާއިރު ކަމަށާއި ފެނިފައި ވަނީ ސ. ހުޅުމީދޫގެ އިރުން 1 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާ ދިމާވީ، ފުޅިއަޅައިގެން ލަނޑާނެގުމަށްޓަކައި ޝަކީބު ފީނުމަށްފަހު މައްޗަށް އެރި ވަގުތު ދޯންޏާއި ދިމާނުވެ އޮޔާ ދިޔުމުގެ ސަބަބުން ކަމަށާއި މި ހާދިސާގައި މި މީހާ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްްއެންޑީއެފުން ބުނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް