ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 19:41
ދުންޔާ މައުމޫން ބައްޕާފުޅު މައުމޫންގެ އަރިހުގައި
ދުންޔާ މައުމޫން ބައްޕާފުޅު މައުމޫންގެ އަރިހުގައި
އަހުމަދު މުހުސިނު
ރައީސް މައުމޫނު
އެންމެ ހިތްދަތި ދުވަސްތަކުގައިވެސް ދުންޔާ ހުންނެވީ އާއިލާއާ އެކު: މައުމޫން
ދުންޔާގެ ވާހަކަތަކަށް އެއްބަސްވެލައްވާ
ދުންޔާގެ ކެތްތެރިކަމަށް ޝުކުރު އަދާކުރެއްވި

އާއިލާއަށް ދިމާވި އެންމެ ހިތްދަތި އުނދަގޫ ދުވަސްތަކުގައިވެސް ދުންޔާ މައުމޫން ހުންނެވީ އާއިލާއާ އެކުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫސް "އަވަސް" އިން އަލަށް ފެށި ހުކުރު ދުވަހުގެ ޝޯ، "އަވަސް ހުކުރު" ޝޯގައި ދުންޔާ ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ ދުންޔާގެ ބައްޕާފުޅު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ އުނދަގޫ ދުވަސްތަކުގައިވެސް ސާބިތުކަމާއެކު ދުންޔާ ހުންނެވީ އާއިލާއާ އެކުގައި ކަމަށެވެ.

މައުމޫން ވިދާޅުވީ އަވަސް އަށް ދެއްވި އިންޓަވިއުގައި ދުންޔާ ދެއްކެވި ވާހަކަތަކަށް ފުރިހަމަ އަށް އެއްބަސްވެ ލައްވާ ކަމަށެވެ. އަދި ދިމާވި އެންމެ ދަތި އުނދަގޫ ދުވަސްތަކުގެ ކުރިންނާއި ފަހުންވެސް ދުންޔާ ހުންނެވީ ވަރަށް ކެތްތެރިކަމާއެކު އާއިލާއާއެކު ކަމަށްވެސް މައުމޫން ވިދާޅުވެފައިވެއެވެ.

މައުމޫން ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުގައާއި ގޭގެގައި ހުންނަވައި ދުންޔާ ދިޔައީ އެކި ގޮތްގޮތުން އާއިލާއަށާއި އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

އަވަސް އަށް ދެއްވި އިންޓަވިއުގައި ދުންޔާ ވިދާޅުވީ، ކުރީ ސަފުން ފާޅުގައި މަސައްކަތް ކުރައްވާތަން ނުފެނު ނަމަވެސް ރައީސް މައުމޫން މިނިވަން ކުރުމަށް އޭނާއަށް ކުރެވުނު މަސައްކަތެއް ވިއްޔާ ކުރެއްވި އެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފާޅުގަ އާއި ސިއްރުން ރައީސް މައުމޫން މިނިވަން ކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވިކަމަށް ދުންޔާ ވިދާޅުވިއެވެ.

"ދުންޔާ އަނގައިން ނުބުނެ ފަހަތަށް ޖެހި ތިހުންނަނީ ކީއްވެހޭ ވަރަށް ގިނަ މީހުން ސުވާލު ކުރޭ، އަޅުގަނޑުގެ ޖަވާބަކީ ކުރިމަތީ ފެންނަމުން ދިޔަ ކަންތައްތަކުންނޭ، އެކަމަށް ކުރިމަތިލާ މީހުންނަށް ވަމުންދާ ގޮތް އެބަ ފެނޭ، ވަރަށް ގިނަ މީހުން ޖަލަށްލާ ތަން ފެނުނީ، އެ ހަގީގަތް އެހެން އޮތްއިރު އަޅުގަނޑަށް އިހްސާސް ކުރެވުނީ އަޅުގަނޑުގެ ޒިންމާތަކެއް އެބަ ހުއްޓޭ، އަޅުގަނޑު އޭރު ހިތަށް އެރީ ބައްޕައަށް ވެސް އަދި މި މަގުސަދު ހާސިލްކުރަން ވެސް މަސައްކަތް ކުރެވޭނީ އަޅުގަނޑު ބޭރުގައި ހުރެގެންނޭ، ރާއްޖޭގައި ހުރިއްޔާ އަޅުގަނޑު ވޮއިސް އެކީ ސައިލެންސް ވާނެ، ބޭރު ދުނިޔެއަކަށް ހަބަރެއް ވެސް ނުކުރެވޭނެ، ވަރަށް ބިރުވެރިކޮށް ދިޔަ ދުވަސްތަކެއް އެއީ، ހާއްސަކޮށް ވޯޓުލީ ދުވަސް،" ދުންޔާ ވިދާޅުވި އެވެ

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި މިސަރުކާރުގެ ފޮރިން މިނިސްޓަރުކަންވެސް ކުރެއްވި ދުންޔާ ވިދާޅުވީ ރާއްޖެއަށް ވަޑައިނުގަންނަވާ ބޭރުގައި ދުވަސްތަކު ހުންނެވި ކަމަށާއި އެ ދުވަސްތަކުގައި ތަފާތު އިހުސާސްތަކެއް ކުރެވުނު ކަމަށެވެ.

ދުންޔާ ވިދާޅުވީ ގައުމުން ބޭރުގައި ހުންނެވި ދުވަސްކޮޅު އަނބުރާ ގައުމަށް ނުދެވިދާނެ ކަމުގެ ބިރު އޭރު އޮތް ކަމަށާއި މައިންބަފައިން ދުށުމުގެ ނަސީބު ދެން ނުލިބިދާނެ ކަމަށް ވެސް ހީވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް