ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 19:44
އޭޑީކޭ ޖެނެރަލ ޓްރޭޑިންގ
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭގެ ދެވަނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ނޮވެމްބަރު މަހު ބާއްވަނީ
މި އަހަރުގެ ކޮންފަރެންސް އޮތީ ޕެރަޑައިސްގައި
ކޮންފަރެންސްގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވާނެ

އޭޑީކޭގެ ދެވަނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ނޮވެމްބަރު މަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އޭޑީކޭ އިން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސަކީ ސިކުނޑި އާއި މައިބަދައިގެ މައްސަލަތަކަށް ދެވޭ ފަރުވާއާ ބެހޭގޮތުން އެކަމަށް ހާއްސަ ޑޮކްޓަރުންނާއި ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާކޮށް މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

އޭޑީކޭ އިން ބުނީ މި އަހަރު ކޮންފަރެންސް ބާއްވާނީ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހަށް ޕެރަޑައިސް އައިލޭންޑް ރިސޯޓުގައި ކަމަށެވެ.

މި ކޮންފަރެންސްގައި ސިކުނޑި އާއި މައިބަދައިގެ ބަލިތަކާއި އެ ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ ދިރާސާ ތަކާއި، އެ ދާއިރާގައި ބޭސްފަރުވާ ދިނުމަށް ހޯދިފައިވާ އެންމެ ފަހުގެ އީޖާދުތަކާއި ހޯދުންތައް އަދި އުފެއްދުންތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށާއި، މިއަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށް އޭޑީކޭއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް