ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 19:24
އަލިފާން ރޯވި ބާޖް
އަލިފާން ރޯވި ބާޖް
މުހައްމަދު ޝަރުހާން
އަލިފާނުގެ ހާދިސާ
ހަތް ގަޑިއިރުގެ މަސައްކަތުން ބާޖުގައި ރޯވި އަލިފާން ނިއްވާލައިފި
އަލިފާން ކޮންޓްރޯލް ކުރެވުނީ މެންދުރުފަހު
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ
ހާދިސާ ހިނގި އިރު 20 މީހުން ބާޖުގައި ތިބި

ތިލަފުށީގެ ބޭރުގައި އޮތް "ސަން ޓޫނާ" ނަމަކަށް ކިޔާ އުފުލާ ބާޖުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހުކުރު ދުވަހުގެ ހެނދުނު 07:50 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ވަނީ ބާޖު އޮތް ސަރަޙައްދަށް ގޮސް ރޯވެފައިވާ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެފްއާރުއެސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ މިއަދު 14:25 ހާއިރުއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ބާޖުގެ އިންޖީން ރޫމްގައެވެ. މި ބާޖަކީ މަސް ކިރާ އަދި ކަންނެލި މަސްވެރިކަން ކުރާ ދޯނި ފަހަރަށް އައިސް ދޫކުރުމަށް ހަދާފައިވާ 320 ފޫޓު ދިގު ބާޖެކެވެ.

މި ބާޖުގައި އަލިފާނުގެ ހާދިސާ ހިނގި އިރު 20 މީހުން ތިއްބެވެ. މި އެންމެން ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗަކަށް ވަނީ ނަގާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައި ނުވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގެންދަނީ ތަހުޤީގު ކުރަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް