ކ. މާލެ
|
26 އޮކްޓޯބަރ 2018 | ހުކުރު 11:44
މައްޗަންގޯޅީގައި ބޭއްވި އުފާފާޅު ކުރުމުގެ ހަރަކާތުގެ ތެރެއިން...
މައްޗަންގޯޅީގައި ބޭއްވި އުފާފާޅު ކުރުމުގެ ހަރަކާތުގެ ތެރެއިން...
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އިންތިޚާބުގެ ކާމިޔާބު ފާހަގަކުރުން ފާދިއްޕޮޅު ރައްޔިތުންނާ އެކު މިރޭ ހުޅުމާލޭގައި
އިންތިޚާބީ ރައީސް ސޯލިހާއި ނައިބު ފައިސަލް ބައިވެރިވެވަޑައިގަންނަވާނެ
ފާދިއްޕޮޅުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް ވަނީ ދައުވަތުދީފައި

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކޯލިޝަނުން ކާމިޔާބު ކުރުމާ ގުޅިގެން ފާދިއްޕޮޅުގެ ރައްޔިތުންނާ އެކު އުފާފާޅު ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތުގައި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އެ ދެ ބޭފުޅުންގެ ޝަރަފުގައި ބާއްވާ ފަރިއްކޮޅަށް ފަހު އެ އިވެންޓްގައި ބައިވެރިވާ އާންމުންނަށް އެ ދެ ބޭފުޅުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެއެވެ. ހުޅުމާލެ ޔޫއައި ހޮޓެލް ކައިރިން ބީޗް ސަރަހައްދުގައި ބާއްވާ މި ހަރަކާތުގައި ފާދިއްޕޮޅުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް ވަނީ ދައުވަތުދީފައެވެ. މި ހަރަކާތް ފެށޭނީ 20:30 ގައެވެ.

ފާދިއްޕޮޅުގައި ހިމެނެނީ އިންތިޚާބީ ރައީސް ސޯލިހްގެ އުފަން ރަށް ހިންނަވަރާއި، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫ އެވެ.

މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވައި، އިބްރާހީމް މުހައްމަދު ސޯލިހް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުންނާއި ރަށްރަށުގައި އަންނަނީ އުފާފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އަދި އެ ދެ ބޭފުޅުންނަށް އޮފީސްތަކުންނާއި ޖަމާއަތްތަކުން ގެންދަނީ މަރުޙަބާ ކިޔަމުންނެވެ.

މިއިންތިޚާބުގައި އިބްރާހީމް މުހައްމަދު ސޯލިހް 134،705 ވޯޓު ހޯއްދެވި އިރު އެއީ ވޯޓުލީ މީހުންގެ 58.4 ޕަސެންޓް މީހުންނެވެ. އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް