ކ. މާލެ
|
26 އޮކްޓޯބަރ 2018 | ހުކުރު 09:53
ސަން ޓޫނާ ބާޖްގައި ރޯވެފައިވާ އަލިވާންގަނޑު ނިއްވާލުމަށް ސިފައިން މަސައްކަތްކުރަނީ
ސަން ޓޫނާ ބާޖްގައި ރޯވެފައިވާ އަލިވާންގަނޑު ނިއްވާލުމަށް ސިފައިން މަސައްކަތްކުރަނީ
މުހައްމަދު ޝަރުހާން
އަލިފާނުގެ ހާދިސާ
ތިލަފުށި ބޭރުގައި އޮތް ބާޖެއްގައި އަލިފާން ރޯވެ އަނދަނީ
މިހާދިސާ ހިނގިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ ހެނދުނު 7:53 ހާއިރު

ތިލަފުށި ބޭރުގައި އޮތް ބާޖެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 7:53 ހާއިރު ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ "ސަން ޓޫނާ" ނަމަކަށް ކިޔާ ބާޖެއްގައި ކަމަށާއި އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ދިގު މިނުގައި 320 ފޫޓު ހުންނަ މިބާޖުގައި އަލިފާންގެ ހާދިސާ ހިނގިއިރު 20 މީހުން ތިބި ކަމަށާއި އެންމެން ވެސް މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ލައުންޗަކަށް ނަގާފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ބާޖަކީ ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މަސް ކިރުމަށާއި އައިސް ދޫކުރާ ބާޖެކެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި މިހާތަނަށް ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށެވެ. އަދި ބާޖްގައި އެމޯނިޔާ ގޭސް ގިނަ އަދަދަކަށް ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 އޮކްޓޯބަރ 2018 | ހުކުރު 11:03
2.3
މަރުހޫމް ބިސްމަނިކުގެ އެއްޗެއްދޯ؟؟؟