ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 19:03
ބައްޔާޖީ ސުޕަހިޓް
ބައްޔާޖީ ސުޕަހިޓް
ޓައިމްސް ނައު
ބައްޔާޖީ ސުޕަހިޓް
ބައްޔާޖީ ސުޕަހިޓްގެ ޓްރެއިލާ ރިލީޒް ކޮށްފި
ފިލްމަކީ މަޖާ އެކްޝަން ފިލްމެއް
ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ފިލްމް ސިނަމާތަކުގައި އަޅުވާނެ

ބައްޔާޖީ ސުޕަހިޓް ފިލްމްގެ ޓްރެއިލާ ރިލީޒް ކޮށްފިއެވެ.

މި ފިލްމުގައި ހަރަކާތްތެރިވާނީ ކުރީގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ޕްރިތީ ޒިންތާ އާއި އަމީޝާ ޕަޓޭލްއެވެ. މި ފިލްމް ސިނަމާތަކުގައި އެޅުވުމަށް ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަރްޝަދު ވަރްސީ އާއި ޝްރެޔަސް ތަލްޕަޅޭއާ ސަނީ ޑިއޯލް ހިމެނެއެވެ. މި ފިލްމަކީ ނީރަޖް ޕަތަކް ޑައިރެކްޓް ކޮށްފައިވާ އެކްޝަން/ކޮމެޑީ ފިލްމެކެވެ.

މި ފިލްމްގެ ޓްރެއިލާ އިން ފެނިގެންދަނީ ޕްރިތީ އަކީ ވަރަށް ޝަކުވާ ކުރާ އަންބެއްގެ ރޯލުންނެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އޭނާގެ ފިރިމީހާ "ބައްޔާޖީ" އާ ދިމާލަށް ބަޑި ދިއްކުރާ މީހެއްގެ ގޮތުގައި ޕްރިތީ ފެނިގެންދެއެވެ.

މިއީ ޕްރިތީ އާއި ސަނީ ޑިއޯލް 15 އަހަރު ފަހުން އެއްކޮށް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ވަރަށް ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ޕްރިތީ، 43، އެންމެ ފަހުން ފިލްމެއްގައި ބަތަލާއެއްގެ ރޯލް ކުޅުނީ 2013 ގައި އޭނާ ލިޔެ، ޕްރޮޑިއުސް ކުރި "އިޝްގް އިން ޕެރިސް" ގަ އެވެ. އެކަމަކު އޭގެ ފަހުން މި އަހަރު ރިލީޒް ކުރި "ވެލްކަމް ޓް ނިއު ޔޯކް" އާއި 2014 ގައި ރިލީޒް ކުރި ސައިފް އަލީ ހާންގެ "ހެޕީ އެންޑިން" ގެ ހާއްސަ ފެނިލުންތަކުން ޕްރިތީ ފެނިފައިވެއެވެ.

އެމެރިކާ މީހަކާ ކައިވެނިކޮށް، މިހާރު އާންމުކޮށް އެ ގައުމުގައި ދިރިއުޅޭ ބަތަލާ ވަނީ ކުރިން ވެސް ސަނީއާ އެކު ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ހީރޯސް (2008)، ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި (2003) އަދި ފަރްޒް (2001) ހިމެނެއެވެ.

 

 

- ކޮމެންޓް