ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 09:51
ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި
ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި
އަޝްވާ ފަހީމް
ރާއްޖޭގެ ފަތުރުވެރިކަން
އާ ސަރުކާރަކާއިއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ:ޓީޓީޖީ އޭޝިޔާ
އާ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ބަޖެޓްގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވޭ

އާ ސަރުކާރަކާއި އެކު ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ އުޅުއްވާ ވިޔަފާރިވެރިން ބުނެފިއެވެ.

ޓީޓީޖީ އޭޝިޔާގައި ބުނެފައި ވަނީ  އާ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ބަޖެޓްގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައި އޮތުމުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

ޓީޓީޖީ އޭޝިޔާގައި ބުނެފައިވަނީ ފަތުރުވެރިކަން އިޝްތިހާރު ކުރަން އާ ސަރުކާރުގެ ބަޖެޓްގައި 400 ޕަސެންޓް އިތުރުކުރާނެ ކަމަށް  އާ ސަރުކާރުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

ޓީޓީޖީ އޭޝިޔާގައި ބުނެފައިވަނީ މި އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި ބަލާއިރު ފަހެއް އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް(ޖީއޭއެމް)ގެ ރައީސް އަހްމަދު ކަރަމް އާއި ހަވާލާދީ ޓީޓީޖީ އޭޝިޔާގައި ބުނެފައިވަނީ ރާއްޖެއަށް ފަތުރުވެރިން އަންނާނެ ނިސްބަތް މި ދިޔަ އަހަރަށް ވުރެ 5 ޕަސެންޓް އިތުރުވެގެންދާއިރު، އެ ވަރަށް ރިސޯރޓްތަކުގެ އެނދުގެ އިތުރުވެފައިނެތް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެނދުގެ އަދަދު އިތުރުކުރަން މަސައްކަތް ކުރެވިފައިނުވާ ކަމަށާއި، އެނދުގެ އަދަދު އިތުރުކުރުމަށް ވުރެ ބޮޑަށް ރައީސް ޔާމީންގެ ސަރުކާރުން އިސްކަންދެއްވީ އެކި ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރަން ކަމަށެވެ. އެގޮތުން އެއްލިޔަން ޑޮލަރު ރާއްޖެ ޕްރޮމޯޓް ކުރަން ރައީސް ޔާމީންގެ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށާއި،އޭގެ ބަދަލުގައި ރިސޯރޓްތަކުގެ އެނދު އިތުރުކުރަން މަސައްކަތް ކުރިނަމަ ރަގަޅުވީސް ކަމަށް އަކްރަމް އާއި ހަވާލާދީ ޓީޓީޖީގައިވަނީ ބުނެފައެވެ.

ކޮކޯން ކަލެކްޝަންސް އެންޑްރިސޯރޓްސްގެ ޗީފް ކޮމާރޝަލް އޮފިސަރ އެންޑްރިއު އޭޝްމޯރ އާއި ހަވާލާދީ ޓީޓީޖޭ އޭޝިޔާގައި ބުނެފައިވަނީ އީޔޫ އަދި އެމެރިކާއިން އާ ސަރުކާރު ބަލައިގެންފައިވާއިރު، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

ޓީޓީޖޭ އޭޝިޔާގައި މޯލްޑިވްސް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރ އަބްދުﷲ ގިޔާސް ވިދާޅުވެފައިވަނީ އާ ރިސޯރޓްތަށް ހުޅުވެމުން އަންނަ ކަމަށާއި، އެހެންކަމުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަށް ލިބެމުން އަންނަ ކަމަށާއި، އިތުރު ފްލައިޓްސްތަށް އަންނަމުންދާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން 45 ދުވަހުގެ ކުއްލި ހާލަތެއް އިއުލާންކުރުމާއި ގުޅިގެން ރާއްޖެއަށް  ގިނައިން ޒިޔާރަތްކޮށްފައިވާނީ ޗައިނާގެ ފަތުރުވެރިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް