ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 09:27
އަބުރުގެ ގާނޫނު އުވާލުމަށް ހުށަހެޅުއްވި ރިޔާޒު ރަޝީދު
އަބުރުގެ ގާނޫނު އުވާލުމަށް ހުށަހެޅުއްވި ރިޔާޒު ރަޝީދު
ގޫގުލް
އެންޓި ޑިފެކްޝަން ގާނޫނު
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅައިފި
ގާނޫނު އުވާލުމަށް ހުށައަޅާފައިވަނީ ބުދަ ދުވަހު

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުން ހުށަހަޅައިގެން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށައަޅާފައި ވަނީ ބުދަ ދުވަހު ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީ އިން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނެކެވެ.

އެންޓި ޑިފެކްޝަން ބިލް އުވައިލުމަށް ރިޔާޒް ހުށައަޅުއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ދުރުކުރަން އިިދިކޮޅު ކޯލިޝަނުން ބުދަ ދުވަހު މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ވެސް ރިޔާޒް ވަނީ ސޮއިކުރައްވައިފައެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ވަކި މެންބަރުންތަކެއްގެ ގޮނޑިތައް ގެއްލުވާލުމަށް އަމާޒުކޮށްގެން މާޒީގައި ހިނގާފައިވާ ކަމަކަށް ރިއާޔަތްވާ ގޮތަށް ވުޖޫދަށް ގެނައި ގާނޫނެކެވެ. އެ ގާނޫނު ފާސްކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް މަޖިލީހުގެ ގޮނޑި ލިބުނު ޕާޓީ ބަދަލުކުރާ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް މެންބަރުންނަށް އަމާޒުވެފައި ވެއެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނަކީ މުހިންމު ގާނޫނެއް ކަމަށް އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ބުނަމުންނެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި އެންޓި ޑިފެކްޝަން ގާނޫނަކީ މެންބަރުން ޕާޓީ ބަދަލުކުރުމުގެ "ވިޔަފާރި" ހުއްޓުމަކަށް ގެނައުމަށް މުހިންމު ގާނޫނެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް