ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 05:35
ހޭންޑް ފުޓް މައުތް ޖެހިފައިވާ ތުއްތު ކުއްޖެއް..
ހޭންޑް ފުޓް މައުތް ޖެހިފައިވާ ތުއްތު ކުއްޖެއް..
ގޫގުލް
ނުރައްކާތެރި ބަލިތައް
ހޭންޑް ފުޓް މައުތް ފެތުރެމުންދާތީ މިބައްޔަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
މިބަލި ޖެހިގެން ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު މިދުވަސްވަރު ވަނީ އިތުރުވެފައި
މިބަލިން ސަލާމަތްވުމަށް އަތް ދޮވުން އާދަކުރަން ޖެހޭ
ސްކޫލުތަކުގައި ވެސް ސައިބޯނިން ރަނގަޅަށް ދޮވެވޭގޮތަށް އިންތިޒާމް ކުރުމަކީ މުހިންމު ކަމެއް

ހޭންޑް ފުޓް މައުތް ފެތުރެމުންދާ ކަމަށާއި، މިބައްޔަށް ސަމާލުވުމަށް އައިޖީއެމްއެޗްގެ ސީނިއާރ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ. 

ޑރ ފައިސަލް ވިދާޅުވީ އަނގައާ، ފަޔާއި އަދި އަތުން ފޮޅު ތަކެއް ނަގާ މިބަލި ފެތުރޭ ކަމަށާއި، މިބަލި ޖެހިގެން ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު މިދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން މިބަލިން ސަލާމަތްވުމަށް އަތް ދޮވުން އާދަކޮށް، އެކުދިން ކުޅުމަށް ބޭނުން ކުރާ ސާމާނާއި، ދޮރުގެ އަތްގަނޑު ސާފުކުރުމަށް އެދޭ ކަމަށެވެ.

ފައިސަލް ވިދާޅުވީ މިބަލި ޖެހޭ ކުއްޖާ ހަފްތާއެއް ވަންދެން ސްކޫލަށް ނުފޮނުވުމަށް އެދޭ ކަމަށާއި، ސްކޫލުތަކުގައި ވެސް ސައިބޯނިން ރަނގަޅަށް ދޮވެވޭގޮތަށް އިންތިޒާމް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވައިރަސްއެއްގެ ސަބަބުން ޖެހޭ މިބައްޔަކީ ހުރިހާ އުމުރެއް މީހުންނަށް ޖެހޭ ބައްޔެކެވެ. ނަމަވެސް މިބަލި ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އުމުރުން 10 އަހަރުގެ ދަށުގެ ކުދިންނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް