ޓޭސްޓް އޮފް އިޓަލީގެ ނަމުގައި މާލޭގައި ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.
މި ރެސްޓޯރެންޓް ބުދަ ދުވަހުގެ ރޭ ހުޅުއްވައިދެއްވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މިއީ ރާއްޖޭގެ މަޝްހޫރު ބައިސަން ކުންފުނީގެ ފަރާތުން ހުޅުވި ފުރަތަމަ ރެސްޓޯރެންޓެވެ. މިތަން ހުންނަނީ ސަމަރސެޓް ހޮޓެލް ހުންނަ ކެނެރީ މަގުގަ އެވެ.

ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށްފަހު އިންތިހާބީ ރައީސް އާއި އިންތިޚާބީ ނައިބު ރައީސް ވަނީ އެތަނުގެ ސްޓާފުންނާއި ރެސްޓޯރެންޓަށް ގޮސްތިބި މީހުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި ރެސްޓޯރެންޓް ވެސް ބައްލަވާލެއްވި އެވެ.

 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
