ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 00:43
ޕީޕީއެމްއިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި މަދު ބަޔަކު އެއްވެފައި
ޕީޕީއެމްއިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި މަދު ބަޔަކު އެއްވެފައި
ރާއްޖެ އެމްވީ
ޕީޕީއެމްގެ މުޒާހަރާ
ޕީޕީއެމްގެ މުޒާހަރާތައް މެދުކަނޑާލައިފި
ޕީޕީއެމްގެ މުޒާހަރާ މެދުކަނޑާލީ ދުވަސްކޮޅަކަށް
ރައްޔިތުން މަޖިލިސްގެ މަސައްކަތްތައް ނިންމުމަށްފަހު އަލުން މުޒާހަރާ ފަށާނެ

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތައް މެދުކަނޑާލައިފި އެވެ.

ރާއްޖެ.އެމްވީ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ވިދާޅުވީ ޕީޕީއެމްގެ މުޒާހަރާ މެދުކަނޑާލީ ދުވަސްކޮޅަކަށް ކަމަށާއި، މިވަގުތު މުހިންމު މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ހަލީލު ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ ޕީޕީއެމްގެ ނައިބް ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ކުރިމަތިއްލައްވާތީ އެކަން ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ ކެންޕޭންގެ މަސައްކަތް ކަމަށެވެ. ހަލީލު ވިދާޅުވީ ރައްޔިތުން މަޖިލިސް ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ނިންމުމަށްފަހު އިތުރަށް ޕީޕީއެމްގެ މުޒާހަރާ ވަރުގަދަކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމު އަބްދުއްރަހީމަށް ހޯދައިދިނުމަށް ޕީޕީއެމްގެ މުޒާހަރާ މެދުކަނޑާލާ ކެންޕޭން ކުރާ ކަމަށް ހަލީލު ވިދާޅުވިއިރު، މިއީ އާންމު ރައްޔިތުންނަށް ލެވޭ ވޯޓެއް ނޫނެއެވެ. ރައްޔިތުން މަޖިލިސް ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅަކު އިންތިހާބުކުރާނީ މެންބަރުންގެ މެދުގައި މަޖިލީހުގައި ނަގާ ވޯޓަކުންނެވެ. 

މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް ވާދަކުރައްވާއިރު އެމަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާދަކުރައްވާނެއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތް ކަމުގެ މައްސަލަ ބުދަ ދުވަހު މަޖިލީހަށް ވަނީ ވައްދާފައެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސަރުކާރު ހިންގާ ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެމްބަރުންނާއެކު ގިނަ އަދަދެއް މެމްބަރުން ވަނީ ސޮއި ވެސް ކުރައްވާފައެވެ. އަދި އޭނާ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް