ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 02:38
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ޕީޕަލް މެގަޒިން
މަޖިލީހުގެ ރައީސް
މަޖިލީހުގެ މެމްބަރުންގެ މުސާރަ 150،000ރ އަށް ހަދައިދޭނަން: އަދުރޭ
އަބްދުއްރަހީމް ވަނީ މަޖިލީހުގެ ރައީސްގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ބޮޑުކޮށްދެއްވާނެކަމަށް ރައްޔިތުންގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވައުދުވެވަޑައިގެންފި އެވެ.

ޕީޕީއެމްގެ ނައިބް ލީޑަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމް ހުސްވެއްޖެނަމަ އެ މަޤާމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފަ އެވެ. މަޤާމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާ ޓުވީޓް ކުރައްވާފައިވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. 

އޭގެފަހުން ބުދަ ދުވަހުގެރޭ ކުރެއްވި ޓުވީޓެއްގައި އަބްދުއްރަހީމް ވަނީ އޭނާގެ މެނިފެސްޓޯގައި ހިމެނޭކަންތައްތަކކުގެ ތެރެއިން މުސާރައިގެ ބައި ހާމަކުރައްވާފަ އެވެ. އެގޮތުން މަޖިލީހުގެ ރައީސްކަން ލިބިއްޖެނަމަ މެމްބަރުންގެ މުސާރަ 150،000 އަސް ބޮޑުކޮށްދެއްވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މިހާރުގެ މޫސަރައަކީ އިނާޔަތްތަކާއެކު 62,500 ރުފިޔާ އެވެ. އަދި ކޮމެޓީ އެލަވަންސްގެ ގޮތުގައި ކޮމެޓީތަކަށް ވަޑައިގަންނަވާ ކޮންމެ މެމްބަރަކަށް 20،000 އަށް ލިބެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
24 އޮކްޓޯބަރ 2018 | ބުދަ 21:43
ސ
ހަދާނެކަމެއް ނެތް. 150މިލިއަނަށް ހެދިއަސް ވައްކަންކޮށް ކަޅުފައިސާއަށް ދުވާ މީހުން ދުވާނެ. އެމީހުންގެ ހިތެއް ނުފުރޭނެ. އަނެއްކަ އަދުރޭއަށް އެކަނި ތިހެން ނުނިންމޭނެ. ކަނޑުކޮސްވިއަސް ތީ ބޮޑުވަރު. އަދުރޭއާއި ނުލާ ނުވަތަ އަދުރޭ ރައީސްކަމށް ނަޔަސް ގިނަ މެމްބަރުން ބޭނުންވީމަ ވާނެ
24 އޮކްޓޯބަރ 2018 | ބުދަ 21:27
Meeraa
Majileehuge memberunnge musaara bodukurann nimmaairu thimeehunn rayithunnah kohdhen bunaa evvess kamey kohdhee fakaa ney
24 އޮކްޓޯބަރ 2018 | ބުދަ 21:25
Meeraa
Kaleymen majileehuga vaahaka dhakkanee amilla jeebah baru vey tho ammu masakkay theringe musaara bodu kurann vakaalaath kohbala
24 އޮކްޓޯބަރ 2018 | ބުދަ 17:54
ދުންތަރި
ކަލޭގެ އަމިއްލަ ޖީބުން ތަ އެ މުސާރަ ދޭނީ، ލަދު ހަޔާތުގެ ލަންފުޅެއްވެސް ނެތް