ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 19:45
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ކްރިމިނަލް ކޯޓަށް ވަޑައިގަންވަނީ
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ކްރިމިނަލް ކޯޓަށް ވަޑައިގަންވަނީ
ރާއްޖެ އެމްވީ
ހައި ކޯޓް
ފާރިސްގެ ޖަލު ހުކުމާ މެދު ހައި ކޯޓުން މާދަމާ ގޮތެއް ކަނޑައަޅަނީ
މާދަމާ ހުކުމް އިއްވާ މަޖިލިސް އޮތީ 10:30ގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް ހައި ކޯޓަށް ހުށަހައަޅާފައިވާ މައްސަލައި ގައި ހުކުމް ކުރުން މާދަމާ އަށް ތާވަލުކޮށްފި އެވެ.  

ޝަހްސު އޮޅުވާލި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވާފައި ވަނީ ހަތަރު މަހާ 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ބާތިލް ކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށައެޅި މައްސަލައި ގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށެވެ.  

ފާރިސް ހުންނެވީ ހައި ކޯޓުން އެ މައްސަލައި ގައި ގޮތެއް ނިންމަންދެން ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. ފާރިސް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙޫކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ހައި ކޯޓުން މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.  

ޕީޕީއެމް އިން ފާރިސް ވަކިކޮށްފައި ވަނިކޮށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމިނާއި އެ ޕާޓީގެ ކައުންސިލްގެ ހުއްދަ ހޯދުމެއް ނެތި ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކޮށްފައިވާ ކަން ސާބިތުވާ ކަމަށް ބުނެ ކޮށްފައިވާ ހުކުމުގައި މައްސަލަތައް ހުރި ކަމަށް ދައުލަތުން ވެސް އިއުތިރާފުވެފައިވެ އެވެ. އެގޮތުން މައްސަލައި ގައި ހުކުމް ކޮށްފައި ވަނީ އަވަސް އަރުވާލައިގެން ކަމަށް ދައުލަތުން ހައި ކޯޓުގައި ބުނެފައިވެ އެވެ.  

ފާރިސްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހުށައެޅުމުގެ ދައުވާ އަދި ވެސް އޮތީ ކްރިމިނަލް ކޯޓުގަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމުމަކާ ހަމައަށް ގޮސްފައި ވާއިރު ހުކުމް ކުރާނެ ދުވަހެއް ނޭނގެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް