ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 19:42
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޓްވިޓަރ
މަސީހުގެ އިތުބާރު މައްސަލަ
މެންބަރުންގެ ގޮނޑީގެ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްގެ ސިޓީފުޅެއް ސުޕްރީމް ކޯޓަށް!
މަސީހުގެ އިތުބާރުގެ ވޯޓްގެ ކުރިން ގޮނޑީގެ މައްސަލައިގައި ގޮތެއް ނިންމުމަށް އެދިވަޑައިގެންނެވި

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އަށް މެންބަރުންގެ ގޮނޑީގެ މައްސަލައާއި މެދު އަވަހަށް ގޮތެއް ނިންމަވައި ދެއްވުން އެދިވަޑައިގެން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓް ކަމުގައިވާ ސްޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީއަށް ފޮނުއްވި މި ސިޓީގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 24 އޮކްޓޯބަރު 2018 ގައި އެ މަޖިލީހަށް ލިބިފައިވާކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއް ފެށޭއިރު، އެ ޖަލްސާއެއްގެ ގާނޫނީ އަދަދު އެ ޖަލްސާއެއްގައި ހާމަކުރަންޖެހޭ ކަމަށް ގާނޫނު އަސާސީގެ 86 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދު ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ ޖުމްލަ އަދަދަށް ބަލައިގެންނެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ85 އެވެ.

މަޖިލީހުގެ ނައިބު ރައީސް ސުޕްރީމް ކޯޓަށް ފޮނުއްވި މި ސިޓީފުޅުގައި، ގަނޫނުއަސާސީ 73 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެންބަރުކަމުގެ ގޮނޑި ހުސްވާނެ ހާލަތްތައް ބަޔާންކޮށްފައިވުމާއިއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާއި މެދު ޚިލާފު އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމަށް ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައިވަކަމަށް ބުނެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެން އެކަން އޮތުމާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާން ޖެހޭ ހުރިހާ މެެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެރިވެވޭ ގޮތަށް ޖަލްސާތައް ބޭއްވުމަކީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށްޓަކައި، މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމަޖިލީހަށް ލިބިފައިވުމައިއެކު، މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް އާ މީހަކު އިންތިޚާބު ކުރުމަކީ ގަނޫނުއަސާސީން މަޖިލީހުގެ ނައިބު ރައީސްގެ މަސްއޫލިއްތެއް ކަމަށް ވާތީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އެ ޖަލްސާތައް ކުރިއަަށް ގެންދިއުމަށްޓަކައި، ކޯޓްތަކުން ބައްލަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާއިމެދު ޚިލާފުއުފެދިފައިވާ މައްސަލަތަކާއި މެދު ވީހާވެސް އަވަހަށް ގޮތެއް ނިންމަވައިދެއްވުން އެދި ދަންނަވާކަމަށް މި ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެއްވެސް ރައްޔިތެއްގެ ހައްގުގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ، ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އެއްވެސް ގާނޫނަކުން ހުއްދަކުރާކަމަކަށް ނުވާއިރު މަޖިލިސް ތަމްސީލުކުރުމަށްޓަކައި އިންތިޚާބުކޮށްފައިވާ މެންބަރުންކުރެ އެއްވެސް މެންބަރަކަށް ބައިވެރިނުވެވޭ ގޮތަށް އެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ބާރު އެންމެ ހެޔޮގޮތުގައި ނުކުރެވޭނެ ކަމެއް ކަމަަށް ދެކޭކަމަށްވެސް މި ސިޓީގައި ބުނެފައިވެއެވެ.

ގޮނޑިގެއްލިފައިވާ ކަމަށް އީސީން ނިންމާފައިވާ އަށް މެންބަރުންގެ ގޮނޑިއާމެދު އަވަސް ނިޔާއެއް ކަނޑައަޅައިދިނުމަށް އެދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ސުޕްރީމް ކޯޓަށް މި ސިޓީފޮނުއްވައި އެއްވެސް ރައްޔިތެއްގެ ހައްގުގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ، ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އެއްވެސް ގަނޫނަކުން ހުއްދަކުރާކަމަކަށް ނުވާކަމަށް ވިދާޅުވިއިރު، އެ އަށް މެންބަރުންނާއި އަދި ގޮނޑި ނުގެއްލޭކަމަށް ދާދި އިހަށްދުހު ސުޕްރީމް ކޯޓުން ނިންމެވި ހަތަރު މެންބަރުންނަށް މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމުގެ ޖާގަ ދީފައިނުވާތާ އަހަރަކަށް ވުރެ ގިނަދުވަސް ވަނީ ފައިތުވެފައެވެ.

މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެންބަރުން ބުދަ ދުވަހު މަޖިލީހަށް ވެއްދީ ޕީޕީއެމް ޕިޖީ ގްރޫޕްގެ 14 މެންބަރުންގެ ސޮޔާއިވެސް އެކު ޖުމްލަ 51 މެންބަރުން ސޮއިކުރައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް