ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 13:54
ރައީސް ނަޝީދު މިވަގުތު ހުންނެވީ ސްރީ ލަންކާގައި
ރައީސް ނަޝީދު މިވަގުތު ހުންނެވީ ސްރީ ލަންކާގައި
ޓްވިޓަރ
ކުރީގެ ރައީސް ނަޝީދު
ގަރާރުގައި ސޮއިކުރެއްވި މެމްބަރުންނަށް ނަޝީދުގެ ޝުކުރު
ޕީޕީއެމްގެ 13 މެންބަރަކު ސޮއި ކުރައްވާފައިވޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރުގައި ސޮއިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ރައީސް ނަޝީދު ޝުކުރު ދަންނަވައިފިއެވެ.

ރައީސް ނަޝީދު ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މިނިވަންކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅުއްވައިދެއްވި އިއްޒަތްތެރި މެމްބަރުންނަށް ހިތުގެ ޚާލިސް ކަމާއިއެކު އިޚްލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.

ތޭރަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު މިނިވަންކުރުމުގެ 13 މެންބަރަކު ސޮއި ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ރައީސް ޔާމީންއާ ވަރަށް އަރިސް މެމްބަރުންވެސް ހިމެނެއެވެ.

ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ގައުމުން ހިމާޔަތް ހޯއްދަވާފަ އެވެ. މިނިވަންވި ކަމަށް ކޯޓުން ނުނިންމި ޔަސް، ނޮވެމްބަރު 1 ގައި އެ މަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް