ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 12:58
ރައީސް ނަޝީދު މިނިވަން ކުރެއްވުމަށް ސޮއިކުރެއްވި ރައީސް ޔާމީންގެ އަރިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ  ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން
ރައީސް ނަޝީދު މިނިވަން ކުރެއްވުމަށް ސޮއިކުރެއްވި ރައީސް ޔާމީންގެ އަރިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން
ރާއްޖެ އެމްވީ
ރައީސް ނަޝީދު
ރައީސް ނަޝީދު މިނިވަން ކުރުމަށް ރައީސް ޔާމީން ފެކްޝަނުގެ ޕީޕީއެމްގެ ގިނަ މެމްބަރުން
ނޮވެމްބަރު 1 ގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ
ގަރާރު ހުށައަޅާފައިވަނީ 49 މެމްބަރުންގެ ސޮޔާއެކީ
ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރެއްވުމަށް ރައީސް ޔާމީންގެ އަރިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގިނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސޮއި ކުރައްވައިފިއެވެ.

އެ ގަރާރުގައި ބުނެފައިވަނީ ނަޝީދަށް ހުކުމް ކޮށްފައިވަނީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ހިލާފަށް ކޮށްފައިވާ ޝަރީއަތަކުން ކަމަށްވާތީ ރައީސް ނަޝީދު ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ. 


ރައީސް ނަޝީދު މިނިވަން ކުރެއްވުމަށް ސޮއި ކުރެއްވި ރައީސް ޔާމީނާއި އަރިސް ބޭފުޅުންނަކީ :

  1. ފަރެސް މާތޮޑާ ހުސައިން މުހައްމަދު ލަތީފު،
  2. މުއާޒު މުހައްމަދު ރަޝީދު މަޑަވެލި ދާއިރާ،
  3. އަހްމަދު މުބީން ބިލެތްދޫ ދާއިރާ،
  4. އިބްރާހިމް ސުޖާއު ބާރަށު ދާއިރާ،
  5. އަބްދުﷲ ޔާމީން ރަޝީދު ވެލިދޫ ދާއިރާ،
  6. އަހުމަދު ރަޝީދު އިބްރާހިމް އިސްދޫ ދާއިރާ،
  7. ނާޒިމް ރަޝާދު ތުޅާދޫ ދާއިރާ،
  8. ރިޔާޒު ރަޝީދު ވިލުފުށީ ދާއިރާ،
  9. އަހްމަދު ސަލީމު އޭދަފުށީ ދާއިރާ،
  10. އަހްމަދު ރަޝީދު ގައްދޫ ދާއިރާ،
  11. އަހްމަދު އަޒްހާން ފަހުމީ މާވަށު ދާއިރާ،
  12. ހުސައިން މަނިކު ދޮންމަނިކު ގުރައިދޫ ދާއިރާ.

 

ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ގަރާރެއް ހުށަހަޅާފައިވަނީ މިމެެންބަރުންނާއިއެކު ޖުމްލަ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. 

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކުރި ކަމަށް ބުނެ ރައީސް ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ސާވިތުކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނޮވެމްބަރު 1 ގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ އެވެ. އެމްޑީޕީއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 އޮކްޓޯބަރ 2018 | ބުދަ 08:35
މުނައްވަރު (މޮފްޓް)
ތި ފޮޓޯގަ އެބަހުރި މީންދުވަހަކު ލޮލަށް ނުފެންނަ މެންބަރުންވެސް