ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 19:03
ހއ ގޮއްވާފުށި
ހއ ގޮއްވާފުށި
މުހައްމަދު ޝަރުހާން
ވަރުވާ އަށް ރަށްތައް ދޫކުރުން
އިންތިޚާބު ބޭއްވި ފަހުން ހއ ގޮއްވާފުށި 10 އަހަރަށް ބަޔަކަށް ދީފި
ވަރުވާ އަށް ދޫކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު
ވަރުވާ އަށް ދޫކޮށްފައި ވަނީ 10 އަހަރަށް

ރިޔާސީ އިންތިޚާބު ނިމި މިހާރު މި އޮތް ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާ ފެށިފައިވަނިކޮށް ހއ ގޮއްވާފުށި ކިޔާ ފަޅުރަށް ބަޔަކަށް 10 އަހަރަށް ދީފިއެވެ.

ހއ އަތޮޅު ކައުންސިލުން އެއަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ފޮނުވާފައިވާ ޓެކްސްޓް މެސެޖެއްގައި ބުނެފައިވަނީ ހއ އަތޮޅުގައި ހިމެނޭ ފަޅުރަށްތަކުގެ ތެރެއިން ހއ ގޮއްވާފުށި އެގްރީމެންޓްކޮށް 10 އަހަރު ދުވަހަށް ވަރުވާ އަށް ލިޔެ ދީފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ވަނީ އަންގާފައި ކަމަށެވެ.

މިރަށް ދޫކޮށްފައި ވަނީ ޓެގް-ކޮމް ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ.

ވަރުވާ އަށް ލިޔެދިން ތާރީޚެއް ކަމުގައި ބުނެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހެވެ.

މިރަށް 10 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ވަރުވާ އަށް ދޫކޮށްފައި މި ވަނީ ވެރިކަން ބަދަލު ވުމުގެ މި މަރުހަލާގެ މުއްދަތުގެ ތެރޭގައި ތަފާތު ބޮޑެތި މަޝްރޫޢުތައް ނު ހިންގުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް