ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 08:31
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އަންނަ މަހު މާލެ ވަޑައިގަންނަވާނެ
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އަންނަ މަހު މާލެ ވަޑައިގަންނަވާނެ
ސްކައި ނިއުސް
ރައީސް ނަޝީދު
ރައީސް ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅަނީ
ގަރާރު ހުށަހަޅަނީ މިއަދު
ރައީސް ޔާމީން ފެކްޝަންގައި ތިއްބެވި މެމްބަރުންވެސް ސޮއިކުރައްވާފައިވޭ
ގަރާރު ހުށަހަޅުއްވަނީ މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއި އެކުގައި

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ގަރާރު ހުށަހަޅުއްވަނީ މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއި އެކުގައެވެ. އެ މެމްބަރުންގެ ތެރޭގައި ވެރިކަންކުރާ ޕީޕީއެމްގެ ބައެއް މެމްބަރުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައިވާއިރު އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށްވަނީ ނިންމަވާފައެވެ. ރައީސް ނަޝީދަށް މަރުހަބާ ދެންނެވުން ކުލަ ގަދަކޮށް ކުރިއަށް ގެންދިއުމަށް އެމްޑީޕީން އަންނަނީ ތައްޔާރު ވަމުންނެވެ.

ރައީސް ނަޝީދު މިނިވަން ކުރުމުގެ ގަރާރު ބުދަ ދުވަހު މަޖިލީހަށް ހުށަހަޅާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅަންވަނީ ނިންމާފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 51 މެމްބަރަކު ސޮއި ކުރައްވާފައިވާއިރު އެ މެމްބަރުންގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ 11 މެމްބަރަކު ހިމެނޭކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދު މިނިވަންކުރުމަށް ހުށަހަޅުއްވާއިރު އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ މައްސަލަ އަލުން މުރާޖައާ ކޮށްދިނުންއެދި ސުޕްރީމް ކޯޓަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 އޮކްޓޯބަރ 2018 | ބުދަ 03:37
jama
Does the parliament have a say in this, this is going to be a big joke