ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 20:57
މައްޗަންގޮޅި އިވެންޓްގެ ތެރެއިން
މައްޗަންގޮޅި އިވެންޓްގެ ތެރެއިން
މުހައްމަދު ޝަރުހާން
އިންތިޚާބީ ރައީސަށް މަރުހަބާ
އިންތިޚާބު ކާމިޔާބުވުމުގެ އުފާ ފާޅުކުރަން ​​​​​​​މާލޭގައި ހާއްސަ ހަފުލާ އެއް ބާއްވައިފި
އާންމުންނާ އެކު ފޮޓޯ ނެންގެވުން ކުރިއަށް ގެންދެވި

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބުވުމުގެ އުފާ ފާޅުކުރުމުގެ މައްޗަންގޮޅި ކާމިނީމަގު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އުފާ ފާޅުކުރުުގެ ހަރަކާތެއް އަންގާރަ ދުވަހުގެ ރޭ ބާއްވައިފި އެވެ.

މި ހަރަކާތުގައި އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތެވެ. އެ ދެބޭފުޅުންގެ ޝަރަފުގައި ބޭއްވި ފަރިއްކޮޅަށް ފަހު އެ އިވެންޓްގައި ބައިވެރިވި އާންމުން އެ ދެ ބޭފުޅުންނާއެކު ފޮޓޯ ނެގި އެވެ. 

މިހާރުގެ ރައީސް އަބްދުﷲ ޔާމީނު ބަލިކުރައްވައި، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުންނާއި ރަށްރަށުގައި އަންނަނީ އުފާފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އަދި އެ ދެ ބޭފުޅުންނަށް އޮފީސްތަކުންނާއި ޖަމާއަތްތަކުން ގެންދަނީ މަރުޙަބާ ކިޔަމުންނެވެ. 

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ގުޅިގެން މާލެ އާއި އަތޮޅުތެރޭގައި ދަނީ އުފާފާޅުކުރުމުގެ ހަފްލާތައް ބާއްވަމުންނެވެ.

މިއިންތިޚާބު އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމް ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. ވޯޓުލީ މީހުންގެ 58.4 ޕަސެންޓް މީހުން އިބޫ އަށް ތާއީދުކޮށްފައި ވެއެވެ. އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ބަލި ޤަބޫލު ކުރެއްވުމަށްފަހު އަނެއްކާ އިންތިޚާބު ބާތިލުކުރައްވަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވެސް އެ މަނިކުފާނަށް ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ. އިންތިޚާބު ބާތިލުކުރަންޖެހޭ ވަރުގެ ހެއްކެއް ގަރީނާ އެއް ހުށަހަޅުއްވާފައި ނުވާ ކަމަށް ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް