ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 22:22
ޕީޕީއެމްގެ ބައްދަލުވުމެއްގައި އަބްދުﷲ މަސީހް ބައިވެރިވެވަޑައިގެން
ޕީޕީއެމްގެ ބައްދަލުވުމެއްގައި އަބްދުﷲ މަސީހް ބައިވެރިވެވަޑައިގެން
ޓްވިޓަރ
މަސީހުގެ އިތުބާރުގެ މައްސަލަ
މަސީހު އިސްތިއުފާ ދެއްވަން ނިންމައިފި!
އިސްތިއުފާ ދެއްވަން ނިންމަވާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން ތައްޔާރުވެފައިވަނިކޮށް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމަށް ނިންމައިފި އެވެ. 

ރާއްޖެ.އެމްވީއަށް އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި އިސްތިއުފާ ދެއްވުމަށް ނިންމަވައި، މަސީހު ވަނީ ސިޓީވެސް ތައްޔާރުކުރައްވާފަ އެވެ. އަދި މަސީހު ވަނީ އޭނާ އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާކަން ބައެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއިވެސް ހިއްސާކުރައްވައިފައިކަން ރާއްޖެ.އެމްވީއަށް އެނގިފައިވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އިސްތިއުފާގެ ސިޓީ އަދި ރަސްމީކޮށް ހުށައަޅުއްވާފައިނުވާކަން އެނގިފައިވެއެވެ. 

"މެޖޯރިޓީ އެމްޕީ އިން އަޅުގަނޑުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް އެކަން ކަށަވަރު ކޮށްދެއްވާފައިވާތީ ގާނޫނުއަސާސީގެ 82ގެ ނޫނުގައިވާ ގޮތަށް މަޖިލީހުގެ ރައީސްކަމުން އަޅުގަނޑު އިސްތިއުފާ ދޭން ނިންމައިފިން" މަސީހު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވއެވެ. 

މަސީހުގެ ނަމްބަރުން އެ މެސެޖު ފޮނުއްވިނަމަވެސް، މަސީހުއަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދިން ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރަކު ވިދާޅުވީ ޕީޕީއެމްގެ ބައެއް މެމްބަރު މަސީހާއި ބައްދަލުކުރައްވައި، އިތުބާރުނެތްކަމުގެ މައްސަލާގައި 50 މެމްބަރުން ސޮއިކޮށްފައިވާކަން މަސީހުއަށް އެނގިކަމަށެވެ. އަދި އެ ނިންމުމަށް ބަދަލެއް ނާންނާނެކަން އަންގާފައިވާކަމަށާއި، އެހެންކަމުން އޮމާންކަމާއެކުގައި ކަންތައްތައް ކުރިއަށްގެންދިއުމަށް މަސީހުގެ ކިބައިން އެދިވަޑައިގެންނެވިކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މަސީހު އިސްތިއުފާ ދެއްވަން ނިންމެވިކަން އެނގިވަޑައިގެންފައިނުވާކަމަށެވެ. ނަމަވެސް އެކަން މަސީހު ކުރައްވާކަމުގައިވާނަމަ ކުރައްވާނީ އޮންނަ އުސޫލުގެ ތެރެއިން ސިޓީއަކުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މެދުވެރިކޮށްކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އޭނާ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންގެންދަނީ މަސީހުގެ އިތުބާރު ނެތްކަމުގައިި ސޮއިކުރެއްވި މެމްބަރުންނަކީ ކޮބައިތޯ ބެލުމުގައި ކަމަށެވެ. އަދި މިހާތަނަށް 7 މެމްބަރަކު ސޮއިކުރެއްވިކަން އެނގިވަޑައިގެންފައިިވާކަމަށް ނިހާން ވިދާޅުވި އެވެ. އަދިވެސް އިތުބާރުނެތްކަމުގެ އެ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތުތައް ހޯދަމުންގެންދަވާކަމަށް ނިހާން ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް