ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 21:39
ރައީސް މައުމޫނާއި އިންތިހާބީ ރައީސްގެ ނާއިބު ފައިސަލް ނަސީމް އެއާޕޯޓްގައި ބައްދަލުކުރައްވަނީ
ރައީސް މައުމޫނާއި އިންތިހާބީ ރައީސްގެ ނާއިބު ފައިސަލް ނަސީމް އެއާޕޯޓްގައި ބައްދަލުކުރައްވަނީ
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މައުމޫން
ބޭސްފަރުވާއަށް މައުމޫން މެލޭޝިޔާ އަށް ވަޑައިގެންފި
އަރިހުގައި އަނބިކަނބަލުން ވަޑައިގެންނެވި
ވަޑައިގެންނެވީ މެޑިކަލް ޗެކަޕެއް ހެއްދެވުމަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭސްފަރުވާއަށް މެލޭޝިއާ އަށް ވަޑައިގެންފިއެވެ.

ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް މެލޭޝިއާ އަށް ފުރާވަޑައިގަތީ އަންގާރަ ދުވަހުގެ ރެއެވެ. މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާ މެލޭޝިއާ އަށް ވަޑައިގެންނެވީ މެޑިކަލް ޗެކަޕެއް ހެއްދެވުމަށެވެ. ޖަލުގައި އަށް މަހެއްހާ ދުވަހު އޮންނެވުމުގެ ސަބަބުން، އެމަނިކުފާނަށް މެޑިކަލް ޗެކަޕެއް މުހިންމު ކަމަށް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫނު ފުރުވަން އިންތިހާބީ ރައީސްގެ ނާއިބު ފައިސަލް ނަސީމާއި ރަހްމަތްތެރިންނާއި ސަޕޯޓަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމާ ގުޅިގެން އެ ހުރިހާ އެންމެންނަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މައުމޫން ޖަލުގައި ހުންނެވި ދުވަސްތަކުގައި ސިއްހީ ހާލުކޮޅު ގޯސްވެގެން، ޖަލަށް ޑޮކްޓަރުން ވެސް ގެންދަން ޖެހުނެވެ. އަދި އެމަނިކުފާނު މާލެ ގެނެސްގެން ވެސް ފަރުވާ ދޭން ޖެހުނެވެ.

މިދިޔަ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމަނިކުފާނު ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް ހައި ކޯޓުން މިހާރު ވަނީ ބާތިލްކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް