ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 19:10
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގެން
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގެން
ޙުސައިން ޙަސަން
12 މެމްބަރުންގެ ގޮނޑީގެ މައްސަ
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ، މުސްތަފާ، މުހައްމާ، ޝާހު އަދި ޝަހުދީގެ މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފި
ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ޝަރީއަތުގެ އަޑުއެހުން: ބުދަ ދުވަހުގެ 13:00 ގައި
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ޝަރީއަތުގެ އަޑުއެހުން: ބުދަ ދުވަހުގެ 14:00 ގައި
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ ޝަރީއަތުގެ އަޑުއެހުން: ބުރާސްފަތި ދުވަހުގެ 10:00 ގައި
ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ޝަރީއަތުގެ އަޑުއެހުން: ބުރާސްފަތި ދުވަހުގެ 13:00 ގައި

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ، މައްސަލާގައި، މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ހަތަރު މެމްބަރުންގެ ޝަރީއަތުގެ އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ގޮންޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން، ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ 12 މެމްބަރުންގެ މައްސަލާގައި މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވަނީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލައެވެ. 

މުސްތަފާގެ ގޮނޑީގެ މައްސަލާގައި ޝަރީއަތުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި ވަނީ ބުދަ ދުވަހުގެ މެންދުރު ފަހު 13:00 ގައެވެ. އަލީ ޝާހުގެ ގޮނޑީގެ މައްސަލަ ތާވަލް ކޮށްފައިވަނީ 14:00 އަށެވެ.

މުހައްމާގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. ޝަހުދީގެ ގޮނޑީގެ މައްސަލަ ތާވަލް ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ. 

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން، ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑީގެ މައްސަލައެވެ. 

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް އަންގާރަ ދުވަހު ވަނީ ނިންމާލާފައެވެ. އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފައެވެ. އެ މައްސަލަތަކުގައި ދެން އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް