ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 17:01
އެޗްޑީސީގެ މުއައްޒަފުންތަކެއް..
އެޗްޑީސީގެ މުއައްޒަފުންތަކެއް..
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އެޗްޑީސީ ކޭޝްފްލޯ
އެޗްޑީސީގެ މުއައްޒަފުން އިތުރު ގަޑީގައި މަސައްކަތް ނުކުރަން އަންގައިފި
އިތުރު ގަޑީގެ އެލަވަންސް ކަނޑާލީ އެޗްޑީސީގެ ބަޖެޓުގެ ތާށިކަމެއް އައުމާ ގުޅިގެން
އިތުރު ގަޑީގައި މަސައްކަތް ކުރުމަށް އެޗްއާރުން ހުއްދަ ހޯދަން ޖެހޭ
ޝިފްޓު ޑިއުޓީގައި މަސައްކަތް ކުރާ މުއައްޒަފުންގެ މަސައްކަތުގެ ގަޑިއަށް އެއްވެސް ބަދަލެއް ނާންނާނެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) މުއައްޒަފުން އިތުރު ގަޑީގައި މަސައްކަތް ނުކުރަން އަންގައިފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް ސޮއިކުރައްވާ ނެރިފައިވާ މެމޯއެއްގައި ބުނެފައި ވަނީ އެޗްޑީސީގެ ބަޖެޓުގެ ތާށިކަމެއް އައުމާ ގުޅިގެން އިތުރު ގަޑީގެ އެލަވަންސް ކަނޑާލާފައިވާ ކަމަށާއި، އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށް އެދޭ ކަމަށެވެ.

އެ މެމޯގައި ބުނެފައި ވަނީ އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ނުވަތަ ޕްރޮޖެކްޓެއްގެ މަސައްކަތުގައި އެމަޖެންސީ ހާލަތުގައި އެކަން ކުރީ ބައިގައި އެ ޑިޕާމަންޓެއްގެ ސުޕަވައިޒަރަށް އަންގައި ސުޕަވައިޒަރުގެ ދަށުން އެޗްއާރުން ހުއްދަ ހޯދަން ޖެހޭ ކަމަށެވެ.

މީގެ އިތުރަށް މި މެމޯގައި ބުނެފައި ވަނީ ޝިފްޓު ޑިއުޓީގައި މަސައްކަތް ކުރާ މުއައްޒަފުންގެ މަސައްކަތުގެ ގަޑިއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި 18:00 ފަހުންނާއި، ސަރުކާރު ބަންދު ދުވަސް ދުވަހު މަސައްކަތް ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޑީސީގެ ބަޖެޓަށް ތާށިކަމެއް އައިސް މުއައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލާފައި މިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ކެމްޕެއިންގ ހަރަކާތްތަކަށް އެ ކުންފުނިން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނިކޮށެވެ. ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އެޗްޑީސީއަށް ކުރެވެމުންދާއިރު އެ ކުންފުނީގެ ޚާއްސަ އޮޑިޓެއް ކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދަނީ ތައްޔާރުވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް