ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 12:45
އަލައިނާ ބީ ޓެޕްލިޓްޒް ސަފީރު ކަމުގެ ހުވާ ކުރައްވަނީ
އަލައިނާ ބީ ޓެޕްލިޓްޒް ސަފީރު ކަމުގެ ހުވާ ކުރައްވަނީ
މުހައްމަދު ޝަރުހާން
އެމެރިކާގެ އެމްބެސެޑަރ
އެމެރިކާ އިން ރާއްޖެ އަށް އާ ސަފީރެއް އައްޔަން ކޮށްފި
ޓެޕްލިޓްޒް އައްޔަން ކުރައްވާފައިވަނީ މިއަދު
ކުރިން އެ މަގާމުގައި ހުންނެވީ ކެޝަޕް

ދިވެހިރާއްޖެއާއި ސްރީ ލަންކާ އަށް އެމެރިކާއިން ކަނޑައަޅުއްވާ ސަފީރު ކަމަށް އަލައިނާ ބީ ޓެޕްލިޓްޒް އައްޔަން ކުރައްވައިފިއެވެ.

ރާއްޖެއާއި ސްރީ ލަންކާގެ ސަފީރު ކަމަށް ޓެޕްލިޓްޒް އައްޔަން ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ރައީސް ޓްރަމްޕްގެ އެ ނިންމެވުމަށް ސެނެޓުން ރުހުން ދީފައިވަނީ ސެޕްޓެމްބަރު މަހުގެ 7 ގައެވެ.

އަލައިނާ، މަގާމުގެ ހުވާ ކުރެއްވީ އެމެރިކާގެ އަންޑަ ސެކްރެޓަރީ ޑޭވިޑް ހޭލްގެ ކުރިފުޅުމަތީގައެވެ.

ޓެޕްލިޓްޒް އަކީ އެމެރިކާގެ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެކެވެ. އެމެރިކާގެ ޚާރިޖިއްޔާއާ ޓެޕްލިޓްޒް ގުޅިވަޑައިގަތީ 1991 ވަނަ އަހަރުއެވެ. ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ޓެޕްލިޓްޒް ވަނީ އެމެރިކާއިން ނޭޕާލްއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން އޭޝިއާގެ ގައުމުތަކުގައި  ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ. 

ޚާރިޖީ ދާއިރާގައި އޭގެ ފަހުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު އޭގެ ބޮޑު ބައެއް ހޭދަކުރައްވާފައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކާއި އެ ގައުމުތަކާ ގުޅުން ހުރި މަސައްކަތްތަކުގައެވެ.

ރާއްޖެއާއި ލަންކާއަށް އެމެރިކާއިން އާ ސަފީރެއް ހަމަޖައްސާފައި މިވަނީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަތުލް ކޭޝަޕްގެ ދައުރު ހަމަވަމުންނެވެ. ކޭޝަޕް އެ މަގާމަށް ހަމަޖެއްސެވީ 2015 ވަނަ އަހަރުގެ އޯގަސްޓް 21 ވަނަ ދުވަހުއެވެ. މަގާމުގެ ދައުރު ހަމަވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ކޭޝަޕް ފާހަގަކުރެވިގެން ގޮސްފައިވަނީ، އިންސާނީ ހައްގުތަކާއި ގާނޫނު އަސާސީއަށް ގެނެވުނު ބަދަލުތަކާއި ރާއްޖޭގެ ސިޔާސީ ބައެއް ކަންކަމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް