ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 12:34
މެމްބަރު ސައުދު ހުސައިން
މެމްބަރު ސައުދު ހުސައިން
ރާއްޖެ އެމްވީ
މެމްބަރު ސައުދު ހުސައިން
ޤައުމަށް ހަމަޖެހުން ލިބޭނީ ނަޝީދަށާއި ޝައިޚް އިމްރާނަށް ކޮށްފައިވާ ސިޔާސީ ހުކުމަށް އިންސާފް ލިބިގެން:ސައުދު
ގައުމަށް ހަމަޖެހުން ލިބޭނީ ރައްޔިތުން ފަހްރުވެރިވާ ހަތަރު ލީޑަރުންނަށް އިންސާފުލިބި މިނިވަން ވުމުން
ރައީސް ނަޝީދާއި ޝައިޚް އިމްރާން ވަގުތުން ދޫކޮށްލައްވާ

ދިވެހި ގައުމަށް ހަމަޖެހުން ލިބޭނީ ރައީސް މުހައްމަދު ނަޝީދާއި އަދާލާތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް އިއްވާފައިވާ ސިޔާސީ ހުކުމަށް ވެސް އިންސާފު ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ހަމަޖެހުން ލިބޭނީ ރައްޔިތުން ފަހްރުވެރިވާ ހަތަރު ލީޑަރުންނަށް އިންސާފުލިބި މިނިވަން ވުމުން ކަމަށެވެ.

އަދި ރައީސް ނަޝީދާއި ޝެއިހް އިމްރާންއަށް ކޮށްފައިވާ ސިޔާސީ، ބޭއިންސާފް، އަނިޔާވެރި ހުކުމަށް އިންސާފް ހޯދައިދީގެން ކަމަށާއި އެދެލީޑަރުން ވަގުތުން މިނިވަން ކުރުމަށް ސައުދު ވަނީ ގޮވާލައްވާފައެވެ.

ހަތަރު ލީޑަރުންގެ ތެރެއިން ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ކޯޓުން މިނިވަން ކޮށްފައެވެ. ޝައިޚް އިމްރާން މިވަގުތު ގޭބަންދުގައި ހުންނެވިއިރު ރައީސް ނަޝީދު އުޅުއްވަނީ އިނގިރޭސިވިލާތުން ސިޔާސީ ޙިމާޔަތް ހޯއްދަވައިގެން ޤައުމުން ބޭރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް