ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 21:52
އިންތިހާބީ ރައީސް ސޯލިހާ އެކު ރައީސް މައުމޫން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
އިންތިހާބީ ރައީސް ސޯލިހާ އެކު ރައީސް މައުމޫން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރާއްޖެ އެމްވީ
އިންތިހާބީ ރައީސް ސޯލިހު
ރައީސް މައުމޫން، އިންތިހާބީ ރައީސް ސޯލިހާ ބައްދަލުކުރައްވައިފި
ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތަފްސީލެއް ދެ ބޭފުޅުން ވެސް ހަމާއެއް ނުކުރައްވާ

ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފިއެވެ. 

އިންތިހާބީ ރައީސާ ބައްދަލުކުރެއްވިކަން ހާމަކޮށް، ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަސްރަހުގައި ހިންގަމުންދާ ކަންކަމާއި ކުރިއަށް ހުރި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އޭގެ އިތުރުން އެއްވެސް ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. 

މިއީ ރައީސް މައުމޫން، ޖަލުން މިނިވަންވެވަޑައިގަތް ފަހުން ބޭއްވި މި ފަދަ ދެ ވަނަ ބައްދަލުވުމެވެ. މީގެ ކުރިން ވެސް ރައީސް މައުމޫނާއި، އިންތިހާބީ ރައީސާ ދެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ. 

ރާއްޖޭގެ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްްވަރާކުރެއްވި އިރު، އިންތިހާބު ބަތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމަވާފައެވެ. ނަމަވެސް ބަލި ގަބޫލުނުކޮށް ޕީޕީއެމުން މައްސަލަތައް ކަމާ ގުޅުން ހުރި މުއައްސަސާއަށް ހުށައަޅަމުން ގެންދާއިރު، ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫން ކަމަށް ކަނޑައަޅައިދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅުއްވާފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް