ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 14:27
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލެވޭނެ: އިންތިޚާބީ ރައީސް ސޯލިހު
މީޑިޔާއަށް ހުރި ގޮންޖެހުންތައް އެ މަނިކުފާނުގެ ވެރިކަމެއްގައި ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި

އަބުރުގެ ގާނޫނު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އުވާލައި މަސައްކަތަށް ފަހި މާހައުލެއް ޤާއިމް ކޮށްދެއްވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއަށް ވަޑައިގެން އެ ސްޓޭޝަންގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ސޯލިހު ވިދާޅުވީ މީޑިއާތަކަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެގޮތުން ނޫސްވެރިކަމަށް މިހާރު ހިޔަނިއެޅިފައިވާ އަބުރުގެ ގާނޫނު ވެސް، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އުވާލައި މަސައްކަތަށް ފަހި މާހައުލެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.

އިންތިޚާބީ ރައީސް ސޯލިހު ވިދާޅުވީ މީޑިއާއަށް މިހާރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި، އެހެންވެ އެމަނިކުފާނުގެ ވެރިކަމުގައި އެ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމަށެވެ.

މީޑިއާތައް މަސައްކަތް ކުރަން ޖެހޭނީ ދެ ފަރާތުގެ އަޑު ގެނެސްގެން ކަމަށާއި ސަރުކާރުން ކޮށްދޭ ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ އިތުރުން ރައްޔިތުން ދެކޭ ގޮތް ސަރުކާރަށް ގެނެސްދިނުމަކީ ވެސް މީޑިއާތަކުން ކޮށްދޭން ޖެހޭ ކަމެއް ކަމަށާއި، އަދި އެކަން ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް އިންތިޚާބީ ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޑިމޮކްރަސީގެ ވިންދަކީ މީޑިޔާ ކަމަށާއި، އެހެންކަމުން މީޑިޔާގެ މިނިވަންކަން ނެތްތަނެއްގައި ޑިމޮކްރެސީއެއް ވެސް ނޯންނާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ މުވައްޒަފުންނަށް ބައްދަލު ކުރެއްވުމަށް ރާއްޖެޓީވީ އަށް ޒިޔާރަތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަން އޮތުމަކީ އަބަދު ވެސް ދެކިވަޑައިގެންނެވި ހުވަފެނެއް ކަމަށާއި ނޫސްވެރިކަމުގެ އެންމެ ބިރުވެރި ދުވަސްވަރު އެކަމުގެ ތެރޭގައި ހަރަކާތްތެރި ވެވަޑައިގަތުމުން އެކަމުގެ ނުރައްކާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ސަންގުޓީވީއަށް އިންތިހާބީ ރައީސް ވަޑައިގެންފައިވާއިރު، އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން އެ މަނިކުފާނު ރާއްޖޭގެ ސްޓޭޝަންތަކުން އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ރާއްޖެޓީވީއަށެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ރާއްޖެޓީވީ އަށް ޒިޔާރަތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަން އޮތުމަކީ އަބަދުވެސް ދެކިވަޑައިގެންނެވި ހުވަފެނެއް ކަމަށާއި ނޫސްވެރިކަމުގެ އެންމެ ބިރުވެރި ދުވަސްވަރު އެކަމުގެ ތެރޭގައި ހަރަކާތްތެރި ވެވަޑައިގަތުމުން އެކަމުގެ ނުރައްކާ ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެޓީވީ މުވައްޒަފުންނާއި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވެފައިވަނީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރެއްވުމާއެކު އެންމެ ފުރަތަމަވެސް ބައްދަލު ކޮށްލަން ބޭނުންވީ ރާއްޖެޓީވީގެ މުވައްޒިފުންނާއި ކަމަށެވެ.

ރާއްޖެޓީވީގެ މުވައްޒިފުންނާއި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ އެ މަނިކުފާނު ބައްލަވަނީ ރާއްޖެޓީވީ ކަމަށާއި، އަދި އެ މަނިކުފާނުގެ މަގްބޫލް ޗެނަލްއަކީ ވެސް ރާއްޖެޓީވީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް