ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 12:34
ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތް ކުރިއަށް ދަނީ
ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތް ކުރިއަށް ދަނީ
ޓްވިޓަރ
ހައިކޯޓުގެ އުތުރު ގޮފި
ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފަށައިފި
ހައިކޯޓުގެ އުތުރު ގޮފީގައި ހިމެނޭ އަތޮޅު ތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ
ފުރަތަމަ ޝަރީއަތުގެ މަޖިލިސް ފަށާފައިވަނީ، ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ހޯމަ ދުވަހު ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ. 

ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީޢަތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ކައުންސިލް އިދާރާގެ ރައީސްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން ޕޮލިސް، ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓު އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ ކުޅުދުއްފުށީ ގޮފީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހައިކޯޓުގެ އުތުރު ގޮފީގައި ހިމެނޭ އަތޮޅު ތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ. 

އުތުރު ގޮފީގެ އަޑުއެހުންތައް ފެށުމަށް ކުޅުދުއްފުއްޓަށް ވަނީ ތިން ފަނޑިޔާރުންގެ ވަފުދެއް ވަޑައިގެންފަ އެވެ. އެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލީ ސަމީރެވެ.

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގެ ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ތިބުމުގެ ބަދަލުގައި މައްސަލަތައް ބަލަން ފަނޑިޔާރުންގެ ވަފުދުތައް މައްސަލަތައް ބަލަން  ފޮނުވުމަށް ހަމަޖައްސާފައެވެ.  އެގޮތަށް ހަމަޖައްސާފައިވަނީ ފަނޑިޔާރުންގެ ދަތިކަން ހައިކޯޓަށް ކުރިމަތިވެފައި އޮތުމުންނެވެ.

މިހާތަނަށް ހައިކޯޓުން  އުފައްދާފައިވާ ގޮފީގެ ތެރެއިން ޝަރީއަތްތައް ބަލަން ފަށާފައިވަނީ އައްޑޫ ސިޓީގައި ގާއިމް ކޮށްފައިވާ ދެކުނު ގޮފިން އެކަންޏެވެ.

ސުޕްރީމް ކޯޓުން 14 އޮގަސްޓްގައި އާންމުކޮށްފައިވާ އާއްމު ސިޓީންވަނީ، ދިވެހިރާއްޖޭގެ އުތުރުގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއި އެކު ސީދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮތްޕަށް ފޮނުވުމަށް އަންގާފައެވެ.

ހދ. ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން، ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފު ކުރުމަށް، އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އަދި އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ، އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް ހައިކޯޓުން ބުނެއެވެ. 

ހައިކޯޓުގެ އުތުރުގޮފީގެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް ފަށާފައިވަނީ، ހޯމަ ދުވަހުގެ ހެނދުނު 9:00 ގައެވެ. ތަފާތު ހަތް މަސައްލައެއްގެ އަޑުއެހުން  ކުރިއަށް ދާނެ އެވެ. އެ ވަފުދުގެ މަސައްކަތް މި މަހުގެ 25ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކޮށްފަ އެވެ. 

ހައިކޯޓުގެ ދެކުނު ގޮތްޕައް ނިންބަތްވާ ސަރަޙައްދަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް