ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 12:16
މާލެ ކައިރިން ފެނުނު ބޮޑުމަސް
މާލެ ކައިރިން ފެނުނު ބޮޑުމަސް
މުހައްމަދު ޝަރުހާން
މާލެ ކައިރިން ބޮޑު މަސް ފެނުން
މާލެ ކައިރިން ބޮޑު މަސް ފެނުން: ހިތްގައިމު މަންޒަރެއް!
ބޮޑު މަސް ފެނުނު ކަމަށް ވަނީ ހުކުރު ދުވަހު މާލެ ކައިރިން
ގިނަ ބަޔަކު އެ ވީޑިއޯ ކަމުގޮސް ޝެއާރ ކުރަމުންދޭ
އިންތިހާބީ ރައީސް ސޯލިހު ވެސް ވަނީ އެއީ ހިތްގައިމު މަންޒަރެއް ކަމަށް ވިދާޅުވެ ޝެއާރ ކުރައްވާފައި

މާލެ ކައިރިން ބޮޑު މަހެއް އުޅެނިކޮށް، ފެނިގެން އެމަންޒަރުގެ ވީޑިއޯ ކުރުމަށް ފަހު، ސޯސަލް މީޑިއާގައި ޝެއާ ކުރުމާއެކު ގިނަ ބަޔަކަށް އެމަންޒަރު ހިތްގައިމުވެ، ގިނަ ބަޔަކު އެމައްޒަރު ޝެއާކުރަން ފަށައިފި އެވެ.

މާލެ ކައިރިން ބޮޑު މަހެއް ފެނިގެން ޝެއާރ ކޮށްފައިވާ ވީޑިއޯ ފެނިވަޑައިގެން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ސޯލިހު)ވެސް ވަނީ އެއީ ހިތްގައުމު މަންޒަރެއް ކަމަށް ވިދާޅުވެ, ޖަޒީރާ ރާއްޖެ ހޭޝްޓެގް ޖައްސަވާ ޝުއޫރު ފާޅު ކުރައްވުމަށް ފަހު ޝެއާރ ކުރައްވާފަ އެވެ. 


އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ކުރައްވާފައިވަނީ ވެސް ޖަޒީރާ ވަންތަ ދިރިއުޅުމާއި ރާއްޖޭގެ ޖަޒީރާވަންތަކަން ދެމެހެއްޓުމުގެ މައްޗަށެވެ.

މާލޭގެ ހުޅަނގު ފަރާތު ކަނޑުގައި ހުކުރު ދުވަހު މެންދުރު ފަހު ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު ޒުވާނުންތަކަށް އެބޮޑު މަސް ފެނިގެން ނަގާއިވާ 10 ސިކުންތުގެ އެ ވީޑިއޯއިން ފެންނަނީ ބޮޑު މަހެއް ފެން މައްޗަށް އަރައި ނޭވާލާފައި އަޑިއަށް ދަނިކޮށެވެ. 

މާލެ ކައިރިން ފެނުނު ބޮޑުމަސް 

މާލެ ކައިރިން ފެނިފައިވަނީ "ހަމްޕްބެކް ވޭލް" އެކެވެ. އެކަމަކު މާލެ ކައިރިން ފެނުނު މި މަހުގައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 10 ވަރަކަށް ފޫޓެވެ. އެހެންވެ އެއީ ޅަ އެއްޗެއް ކަމަށް ބެލެވެ އެވެ. އެ ވީޑިއޯ އިން މާލެ ވެސް ބޮޑުކޮށް ރީއްޗަށް ފެނެ އެވެ.

"ހަމްޕްބެކް ވޭލް"ގެ ދިގުމިން އާންމުކޮށް އުޅެނީ 12 އާއި 16 މީޓަރާ ދެމެދުގަ އެވެ. އަދި ބަރުދަން އުޅެނީ 25 އާއި 30 މެޓްރިކް ޓަނާ ދެމެދުގަ އެވެ.

"ހަމްޕްބެކް ވޭލް" ނުވަތަ ބޮޑު މަހުގެ އެ ބާވަތަކީ މާލެ ސަރަހައްދުން އާއްމުކޮށް ނުފެނުނު ނަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުން މީގެ ކުރިން މަދުންނަމަވެސް ފެންނަ މަހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް