ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 11:57
އިންޖީނު ހުއްޓުނު ދޯނި
އިންޖީނު ހުއްޓުނު ދޯނި
އެމްއެންޑީއެފް
ދޯނީގެ އިންޖީނު ހުއްޓުން
ހަތަރު މީހުންނާއެކު ދަތުރުކުރި މަސްދޯންޏެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހިއްޖެ
އިންޖީނު ހުއްޓުނީ މަސްވެރިކަން ކުރަން އުޅުނު "އަންފާލް" ނަމަކަށް ކިޔާ ދޯންޏެއް

އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭ އާ ދިމާލުގައި މަސްވެރިކަން ކުރަން އުޅުނު "އަންފާލް" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. 

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ހިތަދޫގެ ކޯއްޓޭ ސަރަޙައްދުން 6 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް އަންފާލް ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ސްޓާޓިންގ މޯޓަރުގެ އިސްކުރެއް ބިންދައިގެން ގޮސްގެން އިންޖީނު ހުއްޓުމުގެސަބަބުން ކަމަށެވެ.  މި ހާދިސާ ހިނގި އިރު ދޯނީގައި 4 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހީންނެވެ.

މި ހާދިސާގައި އިންޖީނު ހުއްޓުނު ދޯނި ކަފުޖަހާނެ ދޯންޏެއް ހޯދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުންދާއިރު މި ދޯނި އޮތް ސަރަޙައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އަންނަނީ ހަރަކާތްތެރި ވަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް