ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 08:49
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހިމް
ސުޕްރީމް ކޯޓުގެ ފަޑިޔާރުން ސާބިތު ކޮށްދިނީ އަދުލްއިންސާފު އޮތްކަން: ގާސިމް
މަކަރާއި ހީލަތްއެއީ އިންސާފު ނޫންކަމަށާއި ނަސްރު ލިބެނީ ހައްގު މަގުގައި ތިބިބަޔަކަށް

ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަޑިޔާރުން ކަނޑައެޅުމުން ސާބިތުވީ އަދުލްއިންސާފު ދިރިދެމި އޮތްކަން ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިންތިޚާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލަގެ ހުކުމް އާދިއްތަ ދުވަހު ވަނީ އިއްވާފައެވެ. މިހުކުމްގައި ސްޕްރިމް ކޯޓުން ބުނެފައިވަނީ އިންތިޚާބު ބާލިތް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ސުޕްރިމްކޯޓުގެ މިހުކުމާއި ގުޅިގެން އުފާފާޅު ކުރައްވާ ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުން ސާބިތު ކޮށްދެއްވީ އަދުލު އިންސާފު ދިރިއޮތްކަން ކަމަށާއި އަނިޔާވެރިކަން އެއީ ހައްގު ނޫންކަމަށެވެ.

ގާސިމް ވިދާޅުވީ މަކަރާއި ހީލަތްއެއީ އިންސާފު ނޫން ކަމަށާއި ނަސްރު ލިބެނީ ހައްގު މަގުގައި ތިބި ބަޔަކަށް ކަމަށެވެ.

ސުޕްރިމް ކޯޓުގެ މިހުކުމާއި ގުޅިގެން ގިނަ ބަޔަކު އުފާކުރަމުންދާއިރު، އިންތިޚާބުގައި ހިންގާފައިވާ ޖިނާއީ މައްސަލަތައް ތަހުގީގް ކުރުމަށް ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް