ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 23:35
ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމް
ރައީސް އޮފީސް
އިންތިހާބީ ރައީސް އިބޫ
ނިންމުން ބަލައިގަނެ، އޮމާންކަމާއެކު ސަރުކާރު ބަދަލުކުރަން ރައީސް ޔާމީން އެހީވެދެއްވާ: އިންތިހާބީ ރައީސް
އިންތިހާބު ބާތިލް ކުރަން ހުށަހެޅުއްވި މައްސަލަވެސް ބާތިލް: އިންތިހާބީ ރައީސް
ރައްޔަތުންގެ ހިތްތަކުގައި އޮފެދިފައި އޮތް ޝައްކު ފިލައިފި: އިންތިހާބީ ރައީސް
މައްސަލަ ކޯޓަށް ވެއްދީ ބަލި ގަބޫލުނުކުރެވުމުން: އިންތިހާބީ ރައީސް

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއެކު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔަތުންގެ ނިންމުން ގަބޫލުކުރައްވައި، ސަރުކާރު ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއެކު ކުރިޔަށް ގެންދެވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

އިންތިހާބު ބާތިލުކުރުމަށް މި މަހުގެ 10 ވަނަ ދުވަހު ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެމަނިކުފާނާ ދެކޮޅަށް މިއަދު ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާއިރު، އެކަމާ ގުޅިގެން ސޯލިހުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އިންތިހާބުގެ ނަތީޖާއާމެދު ރައްޔަތުންގެ ހިތްތަކުގައި އުފެދިފައި އޮތް ޝައްކުތައް މިއަދު ނިމުމަކަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ އަކީ ފެށުނީއްސުރެ ބާތިލް މައްސަލައެއް ކަމަށެވެ.

އެގޮތުން އިންތިހާބު ބާތިލުކުރެއްވުމުގެ މައްސަލައެއް ދިމާނުވާކަމަށާއި، އެ މައްސަލަ ރައީސް ޔާމީން ކޯޓަށް ވެއްދީ ބަލި ގަބޫލު ނުކުރެވުމުން ކަމަށްވެސް ބަޔާނުގައި ވެއެވެ.

މީގެއިތުރުން ރައްޔަތުންގެ ހައްގުތައް ހިމާޔަތްކޮށް ޑިމޮކްރަސީ ގާއިމްކުރުމުގެ އިތުރުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ސުލްހަވެރި އަމާން މުޖުތަމައުއެއް ގާއިމް ކޮށްދެއްވާނެ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.

ސަރުކާރު ބަދަލުވުމުގެ ކަންތައް އޮމާންކަމާއެކު ކުރިޔަށް ގެންދެވުމަށް ރައީސް ޔާމީނަށް ސޯލިހު ގޮވާލައްވާފައިވާއިރު، މީގެކުރިންވެސް އެމަނިކުފާނު ވަނީ ރައްޔަތުންގެ ނިންމުން ގަބޫލުކުރައްވާ ސަރުކާރު ބަދަލުވުމުގެ ކަންތައް އޮމާންކޮށް ކުރިޔަށް ގެންދެވުމަށް ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.  

ސޯލިހުގެ އިތުރުން ސަރުކާރު ބަދަލުވުމުގެ ކަންތައް އޮމާންކަމާއެކު ކުރިޔަށް ގެންދަވާނެކަމަށް އުންމީދުކުރައްވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް