ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 23:13
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކު، ރައީސް ޔާމީނާއެކު
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކު، ރައީސް ޔާމީނާއެކު
ރައީސް އޮފީސް
ރިޔާސީ އިންތިހާބު
ޑރ. ވަހީދު, އިންތިޚާބީ ރައީސް ސާލިޚަށް މަރުހަބާ ދަންނަވައިފި
ޑރ. ވަހީދު އިންތިޚާބީ ރައީސް އަށް މަރުހަބާ ދަންނަވާފައިވަނީ އާދިއްތަ ދުވަހުގެރޭ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިޚަށް މަރުހަބާ ދަންނަވައިފި އެވެ.

ޑރ. ވަހީދު އިންތިޚާބީ ރައީސް ސާލިޙާއި އިންތިޚާބީ ނައިބް ރައީސް ފައިސަލް ނަސީމަށް މަރުހަބާ ދަންނަވާފއިވަނީ އާދިއްތަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ. އަދި ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސް ސާލިޙް ރައީސް ކަމުގެ ހުވާ ކުރައްވާތަން ދެކެން ބެނުންވާ ކަމަށް ވަހީދުގެ ޓްވީޓްގައި ވެއެވެ.

ޑރ. ވަހީދު ޓްވީޓް ކުރައްވާފައިވާއިރު އިންތިހާބީ ރައީސް ސޯލިޙު އަންނަ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.

އީސީން ސާލިހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 11ގައި ފެށުނު ރިޔާސީ ދައުރަށް ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބުވި ކަމަށް އެ ކޮމިޝަނުން ކުރިން އިއުލާންކޮށްފައިވާ ކަމަށާއި 2013 ގައި ފެށުނު ރިޔާސީ ދައުރު ނިމޭނީ މި އަހަހަރުގެ ނޮވެމްބަރު 11 އަށް ކަމަށެވެ. އެހެންކަމުން އަންނަ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ސޯލިހަށް ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެ ކޮމިޝަނުން އެގޮތަށް ނިންމާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމެނީ ނޮވެމްބަރު 17 ގައި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން އެ ކޮމިޝަނަށް ކުރިން ވަނީ އަންގާފައެވެ. އެ ކޮމިޝަނުން ރިޔާސީ އިންތިހާބު ބާއްވާފައި ވަނީ ވެސް ބަންޑާރަ ނައިބުގެ އޮފީހުގެ އެ އެންގުމާ އެއްގޮތަށް، ގާނޫނުގައި ބުނާ މުއްދަތަށް ބެލުމަށްފަހުގައެވެ.

ނަމަވެސް ގާނޫނުއަސާސީގެ 125 ވަނަ މާއްދާގެ (ނ)ގައި ބާރު އަޅާފައި ވަނީ ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ނިމި، އާ ދައުރު ފެށޭނީ ވެސް ހަމަ އެ ދުވަހު ކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ އެއްވެސް ސަބަބެއް މެދުވެރިވެގެން ހިނގަމުންދާ ރިޔާސީ ދައުރެއްގެ ތެރޭގައި އަލުން ރިޔާސީ އިންތިހާބެއް ބާއްވާންޖެހިގެން އިންތިހާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އަލުން އިންތިހާބުވި މީހުން މަގާމުގައި ދެމި ތިބޭނީ ބުނެވިދިޔަ ރިޔާސީ ދައުރުގެ ބާކީ އޮންނަ މުއްދަތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް