ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 18:13
ރައީސް މުހައްމަދު ނަޝީދާއި، އިންތިހާބީ ރައީސް ސޯލިހް
ރައީސް މުހައްމަދު ނަޝީދާއި، އިންތިހާބީ ރައީސް ސޯލިހް
ރާއްޖެ އެމްވީ
ރައީސް ނަޝީދު ޓްވީޓް
އިންތިޚާބީ ރައީސަށް ރައީސް ނަޝީދު މަރުހަބާ ދަންނަވައިފި
ރައްޔިތުންގެ ތަނަވަސް ހުކުމެއް އިއްވާފައި ވަނިކޮށް އޭގެ މައްޗަށް އިތުރު ހުކުމެއް އިއްވިދާނެކަމަށް އެއްވެސް އިރެއްގައި ޤަބޫލު ނުކުރެއްވޭ
ސުޕްރީމް ކޯޓުން ވަނީ އިންތިޚާބު ބާތިލް ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައި

ސުޕްރީމް ކޯޓުގެ ހުކުމަށްފަހު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.

ރައްޔިތުންގެ ބޮޑު ތާއީދަކުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވިވަޑައިގެންނެވުމުން އިންތިޚާބުން ބަލިވެވަޑައިގެންނެވި ރައީސް ޢަބްދުﷲ ޔާމީން ވަނީ އިންތިޚާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ވަރުގެ ސަބަބެއް ރައީސް ޔާމީނަށް ހުށަހެޅުއްވިފައި ނުވާކަމަށެވެ. އެހެންކަމުން އިންތިޚާބު ބާތިލް ކުރަން ފެނިވަޑައި ނުގަންނަވާކަމަށް އެކޯޓުގެ ބެންޗުގެ އިއްތިފާގުން ވަނީ ނިންމަވާފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ރައީސް ނަޝީދު އާދީއްތަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ތަނަވަސް ހުކުމެއް އިއްވާފައި ވަނިކޮށް އޭގެ މައްޗަށް އިތުރު ހުކުމެއް އިއްވިދާނެކަމަށް އެއްވެސް އިރެއްގައި ޤަބޫލު ނުކުރެއްވޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް